އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަނާޒާގަ ބައިވެރިނުވެވޭނަމަ ދުޢާކުރުން ގިނަކުރާށެވެ! މަރުވެފަ ތިބި މީހުންނަށް ހެޔޮ ދުޢާކުރުން ހުއްޓާލަން ހެޔޮނުވާނެއެވެ!

ޖަނާޒާގަ ބައިވެރިނުވެވޭނަމަ ދުޢާކުރުން ގިނަކުރާށެވެ! މަރުވެފަ ތިބި މީހުންނަށް ހެޔޮ ދުޢާކުރުން ހުއްޓާލަން ހެޔޮނުވާނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ކޮވިޑުގެ ކަންކަން މިދާގޮތުން ހަމަޖެހިލައިގެން ތިބެ ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލަން ދުވަސްތަކެއް ނަގައިފާނެއެވެ. ހަމަޖެހިލައިގެން ކަމަށް މިބުނަނީ ސުންނަތުގައި ސަފުހަދައިގެން ނަމާދުކުރަން އޮންނަ ގޮތަށް ނަމާދުކުރުމުގެ ވާހަކައެވެ. 

ކޮވިޑް ގެ ބރުވެރިކަން ބޮޑުކަމުން ކުރިން ޖަނާޒާތަކުގައި ބައިވެރިވި އަދަދަށް މިދުވަސްކޮޅު މީހުން ބައިވެރިނުވާކަން ފާހަގަކުރެވެއެވެ! ބައިވެރިވެވުނު ނަމަވެސް އަދި ނުވެވުނު ނަމަވެސް މައްޔިތާއަށްޓަކައި ކޮންމެ ތަނެއްގައި ހުރެގެންވެސް ކުރެވިދާނެ ކަމެއް އެބަ އޮތެވެ. އެއީ ހެޔޮދުޢާކުރުމެވެ! 

"ކަށުނަމާދުގައިވެސް މައްޔިތުންނަށް ކޮށްދެނީ ހެޔޮ ދުޢާއެވެ. އެ ދުޢާ ކުރުމަކީ ކަށުނަމާދު ކުރުމަށްފަހު ހުއްޓާލަން ޖެހޭ ކަމެއް ނޫނެވެ. މައްޔިތާއަށްޓަކައި އަބަދާއި އަބަދު އިޚްލާޞްތެރިކަމާއިއެކު ހެޔޮ ދުޢާކޮށް ދިނުމަކީ އޭނާއަށްޓަކައި ކޮށްދެވޭނެ ހެޔޮ ކަންތަކެވެ." ޑރ. އިޔާޟް

اللَّهُمَّ اغْفِرْ لحَيِّنَا وَمَيِّتِنَا وَشَاهِدِنَا وَغَائِبِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا "

O Allah, forgive our neighbors and our dead, and we have seen and absent, our little

އަބަދުވެސް ހަނދާން ކުރަންވީ ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް މަރުވާނެ މީހެއްކަމާއި  ތިމާ މަރުވާނެ ވަގުތުވެސް ނުއެނގޭނެކަމެވެ.  

ހިތްވަރުކޮށްލާފައިވެސް ކަށުނަމާދާއި ޖަނާޒާގައި ބައިވެރިވާން މަސައްކަތްކުރާށެވެ! އެއީ އުހުދު ފަރުބަދަވަރުގެ އުސް ދެ ފަރުބަދައިގެ ޘަވާބު ދެއްވަވާނެ ކަމެއްކަން ޙަދީޘުން އެނގެން އެބައޮތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް