އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަވާޖީ ޙަޔާތް އުފާވެރިކުރަން ބޭނުންނަމަ އެކަކު އަނެކަކަށް ޝަކުވާ ކުރުމުގަ އިންތަކެއް ގެންގުޅެންޖެހޭނެ! ފުރުޞަތަށްވެސް ބަލަންޖެހޭނެ!

ޒަވާޖީ ޙަޔާތް އުފާވެރިކުރަން ބޭނުންނަމަ އެކަކު އަނެކަކަށް ޝަކުވާ ކުރުމުގަ އިންތަކެއް ގެންގުޅެންޖެހޭނެ! ފުރުޞަތަށްވެސް ބަލަންޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ކުރަންޖެހޭ ޝަކުވާތަކެއް ހުންނާނެއެވެ. މަޗްވްރާކުރަންޖެހޭ ކަްތައްތަކެއް ވެސް ހުންނާނެއެވެ. އެއީ ކޮންމެ ދެމަފިރިއަކީވެސް ތަފާތު މިޒާޖުގެ ދެމީހުން ކަމުގައިވާތީއެވެ. މިޒާޖު ކިތަންމެ އެއްގޮތް ނަމަވެސް ޚިޔާލުގައި ތަފާތުތަކެއް ހުންނާނެތީއެވެ. ބޭނުންތަކުގައިވެް ތަފާތުތަކެއް ހުންނާނެތީއެވެ. 

ޝަކުވާކުރަންޖެހޭ ކަންކަމުގައި ޝަކުވާ ކުރަންވެސް އިންތަކެއް ގެންގުޅެންޖެހޭނެއެވެ. އަދި ކިތަންމެ ގިނައިން ޝަކުވާކުރިނަމަވެސް ރުޅިއިސްކޮށްގެންވެސް ނުވާނެއެވެ. ޚާއްޞަކޮށް އެކަކު އަނެކަކަށް އެއްވެސް ޙާލެއްގައި އަތްއިސްކޮށްގެން ނުވާނެއެވެ.

މިކިޔައިދޭ ވާހަކައަށް ފުންކޮށް ވިސްނާށެވެ! ވިސްނައިފިނަމަ ޢިބްރަތެއް ޙާޞިލުކުރެވޭނެއެވެ! 

މީހަކު އޭނާގެ އަނބިމީހާގެ ގައިގާ ޖެހި މައްސަލައެއް ފުލުހުންނަށް ހުށަހެޅިއެވެ. އަދި ފުލުހުން އެ މަސަލަ ކޯޓަށް ހުށަހަޅައި ފަނޑިޔާރުގެ ކުރިމައްޗަށް ގެންދިއައެވެ. ޖެހި ސަބަބާއިމެދު ސުވާލުކުރުމުން އޭނާ ބުނީ ކެތްތެރިކަން ކޮޅުންލުމުން ޖެހުނީ ކަމަށެވެ. ކެތްތެރިކަން ކޮޅުންލީ ކީއްޔެވެގެންތޯ ސުވާލުކުރުމުން އޭނާ ކިޔައިދޭން ފެށިއެވެ. 

"ރޭގަނޑު މަސައްކަތް ނިންމާފައި ދެއަށް ދިއަ އިރަށް އަނބިމީހާ ޝަކުވާކުރަން ފެށީއެވެ. މިހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެގެން ކަމަށާއި ކާނެ އެއްޗެއް ދިނުމަށް އެދުމުން އެކަމަށްވެސް ސަމާލުކަން ނުދީ ހަމަ ޝަކުވާ ކުރަނީއެވެ. ދެން ނުކައި ނިދަން އޮށޯތުމުން ވެސް ހަމަ ޝަކުވާ ކުރަނީއެވެ. ތަންކޮޅެއް ބާރަށް ބަހެއް ބުނުމުން ހުއްޓާލާފައި އަނެއްކާވެސް ކޮންމެވެސް ކަމަކާއިމެދު ޝަކުވާކުރަން ފަށަނީއެވެ." 

ފަނޑިޔާރު ސުވާލުކުރިއެވެ. ދެންވީ ކިހިނަކުން ހެއްޔެވެ؟ އޭނާ ދެއްކީ ހަމަ އެއް ޒާތެއްގެ ވާހަކަތަކެކެވެ. އަނެއްކާވެސް ދެންވީ ކިހިނެއްތޯ ސުވާލުކުރުމުން އަނެއްކާވެސް ދެއްކީ ހަމަ އެއް ޒާތެއްގެ ވާހަކަތަކެކެވެ. ފަނޑިޔާރު ދެފަހަރަކު އިތުރަށް ސުވާލުކުރުމަށްފަހު ތަންކޮޅެއް ރުން ކުރު ގޮތަކަށް ބުންޏެވެ. "އަދިވެސް ޖަހި ސަބަބު ބުނެއެއް ނުދެމެއް ނޫންހެއްޔެވެ؟" 

ޖަވާބުގައި އެމީހާ ބުންޏެވެ. "ދެންވީގޮތް ތިއަ އެނގެނީ ނޫން ހެއްޔެވެ؟ 2، 3 ފަހަރު އަހަރެން ޖަވާބެއް ދޭއިރަށް ފަނޑިޔާރު މިހާރު ތިއައިނީ ރުންކުރުވެ ރަތަށް އަރައިފައެވެ. އަދި މިވީ އެންމެ  5 ވަރަކަށް މިނިޓެއްހައި އިރެވެ. އަހަރެން ކުރިކަމެއް ކުރީ މުޅި ރޭގަނޑު ހަތަރުދަމު އަނބިމީހާގެ ޝަކުވާތައް އަޑުއަހަން އޮތުމަށްފަހުގައެވެ. ވަރުބަލިވެ ނިދިއައުމުން ނިދަންވެސް ފުރުޞަތު ނުދިނުމުންނެވެ." 

މިއީ ވިސްނައިލުން ރަނގަޅު ހާދިސާއެކެވެ. 

މީސްތަކުންނޭވެ. ވިސްނައިލުން ރަނގަޅުވާނެއެވެ. ކިތަންމެ ގިނައިން ޝަކުވާކުރި ނަމަވެސް އަނބިންގެ ގައިގައި ނުޖަހާށެވެ. އަންހެނުން އުފައްދަވާފައިވަނީ ޖިސްމާނީ ގޮތުން ވަރަށް ބަލިކަށި ބައެއްގެ ގޮތުގައެވެ. ވީމާ ބާރުގަދަ މީހުން އެމީހުންނަށްވުރެ ބަލިކަށި ބައަކަށް އަނިޔާކޮށްގެން ނުވާނެއެވެ. ހަމަ އެފަދައިން އަނބިންނަކީވެސް ފިރިންގެ ބޮލުގައި ކާޅުކޮށާހެން ކޮށައި ކާޅު އަބަދު "ކާންކާން" ގޮވާހެން އަޑުލައްވާ ބައަކަށް ވެގެންނުވާނެއެވެ. ޝަކުވާކުރަން ހުރިނަމަ އެކަން ވެސް ކުރަންވާނީ އެކަމަށް އެންމެ ރަނގަޅު ވަގުތުގައެވެ. ނޫން ނަމަ ގިނަ ފަހަރު ދިމާވާނެ ގޮތަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްވުމެވެ. 

އަނބިންނަށްވެސް ޙައްޤުތަކެއް ވެއެވެ. ފިރިންނަށްވެސް ޙައްޤުތަކެއް ވެއެވެ. ދެމީހުންވެސް އަނެކާގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. މަޞްލަޙަތު ހިފެހެއްޓޭނީ އެއިރުންނެވެ. 

- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް