އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީފާ އަދާކުރާ އަނބިން ބިރުގަންނަންވީ ފިރިމީހާއަކަށް ނޫނެވެ! ﷲ އަށެވެ!

ވަޒީފާ އަދާކުރާ އަނބިން ބިރުގަންނަންވީ ފިރިމީހާއަކަށް ނޫނެވެ! ﷲ އަށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ކިތަންމެ ކިތަންމެ ބޮޑުއަގުގައި ގަތް ފޮތެއް ނަމަވެސް އެފޮތަކީ ތިބާއަށް ކިތަންމެ ފައިދާހުރި ފޮތެއް ނަމަވެސް ލައިބްރަރީގެ ހަރުގަނޑުގައި ބެހެއްޓުމުން އެންމެން ކިޔާނެކަން ޤަބޫލުކުރަންވާނެއެވެ. އެންމެން ފޮތް ގެންގުޅޭނީ އެއްވަރަކަށް އިޙްތިރާމްކޮށްގެނެއް ނޫނެވެ. 

ފޮތުގެ އެންމެ ވަރުގަދައީ ބޭރުގަނޑު ނޫންހެއްޔެވެ؟ ބޭރުގަނޑު އިރުނު ނަމަވެސް ކަންބޮޑުނުވެ ފޮތުން އެމީހާ ހިފަން ބޭނުން ހިފާނެ މީހުން ތިބޭނެއެވެ. ވީމާ އެކަމާ ފަހުން ރުޅި އައިނަމަވެސް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ފޮތުގެ ބޭރުން ކަވަރުލައި ރައްކައުތެރިކުރަންޖެހެނީ އެ ސަބަބަށްޓަކައެވެ. 

އިސްލާމް ދީނުގައި އަނބިންނަކީ ކަވަރުލައި ރައްކައުތެރިކޮށްގެން ގެންގުޅެން ޖެހޭ ބައެކެވެ. އަނބިންނަކީ ލައިބްރަރީގައި އެންމެން ކިޔަން ބަހައްޓާ ފޮތަކަށް ނުހަދާށެވެ. އެއީ މުޖުތަމައުތެރެއަށް ނެރެ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލަން ޖެހޭ ބައެއް ނޫނެވެ. ރައްކައުތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް އެކަނި ނުފޮނުވާށެވެ. އަނބިމީހާގެ ރައްކައުތެރިކަން ކަށަވަރު ނުކުރެވޭ ތަނަކަށް ވަޒީފާ އަދާކުރަން ނަމަވެސް ފޮނުވުމެއް ނެތެވެ. 

ހަމައެއާއިއެކު އަނބިންވެސް ވިސްނަންޖެހޭ ކަމެއްވެއެވެ. އެގޮތުން އަނބިމީހާ ރައްކަތެރިކުރަން ފިރިމީހާ ކުރާ މަސައްކަތަކީ މިނިވަންކަމަށް އަޅާ ހުރަހޖެއްކަމުގައި ދެކެގެން ނުވާނެއެވެ. އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން އަޅާ ފިޔަވޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންވާނެއެވެ!  

ފިރިމީހާއަށް ލިބޭ އާމްދަނީން ނުފުދޭތީ ވަޒީފާއެއް އަދާކުރަންޖެހުނު ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިކަމާއިއެކު ވަޒީފާއަދާކުރާށެވެ! ކުރާ ކަންކަން ފިރިމީހާއަށް ސިއްރުކުރެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ވަންހަނާއެއް ނުކުރެވޭނެއެވެ. ބިރުގަންނަންވީ ފިރިމީހާއަކަށް ނޫނެވެ! ﷲ ތަޢާލާއަށެވެ! އާޚިރަތް ދުވަހަށެވެ! ނަރަކައިގެ އަލިފާނަށެވެ! 

- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް