އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިވޭ އަޑުތަކަށް ބުރަވެ މީހުންނާމެދު ގޮތް ނިންމުމަކީ ފާފައެއް! އެކަމުން އަނެކާއަށް ލިބޭ ގެއްލުމަށް ބަދަލުދޭންވެސް ޖެހޭނެ!

އިވޭ އަޑުތަކަށް ބުރަވެ މީހުންނާމެދު ގޮތް ނިންމުމަކީ ފާފައެއް! އެކަމުން އަނެކާއަށް ލިބޭ ގެއްލުމަށް ބަދަލުދޭންވެސް ޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ގިނަ މީހުން އެހެން މީހުންނާއިމެދު ގޮތް ނިންމަނީ ހަމަ އެކަނި އިވިފައި ހުންނަ އަޑުތަކަށް ބަލައިގެންނެވެ. އެއީ ރަނގަޅު ގޮތެއް ނޫން ނަމަވެސް ގިނަ ބައަކު ޢަމަލުކުރަނީ އެގޮތަށެވެ. އެފަދަ މީހުންގެ ވިސްނުން ބަދަލުކުރަން މަސައްކަތްކުރުމަކީ ބޭކާރު ކަމެކެވެ. 

ހަމައެކަނި އެހެން މީޙުން ދައްކާ ވާހަކަތަކަށް ބަލައިގެން މީހުންނާއިމެދު ގޮތް ނިންމުމަކީ ކުރެވޭ ފާފައެކެވެ. އެހެނީ އެއިރުން އެ ގޮތް ނިންމެނީ ޝައްކުގެ މަތީގައެވެ. އެއްވެސް މީހަކާއިމެދު ނުބައި ޝައްކެއް ކުރުމަކީ ފާފައެކެވެ! ވީމާ މީހަކާއިމެދު ނުބައި އަޑެއް އިވިއްޖެ ނަމަ އެކަން ޤަބޫލުކުރުމުގެ ކުރިން އެކަން ޔަޤީންކުރަންވާނެއެވެ. 

ބިރުވެތިވާންޖެހޭނެ އެއްކަމަކީ މީހަކާއިމެދު ކުރެވޭ ޝައްކެއްގެ ސަބަބުން އޭނާއަށް އެއްވެސް ގެއްލުމެއް، ދެރައެއް ލިބިއްޖެ ނަމަ ޤިޔާމަތްދުވަހުން ބަދަލުދޭންވެސް ޖެހޭނެ ކަމެވެ. 

އެމީހުންގެ ވިސްނުން ބަދަލުކުރުމުގެ ނިޔަތުގައި ކިތަންމެ ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް އެކަން ގިނަ ފަހަރަށް ވެގެންދާނީ ބޭކާރު ކަމަށެވެ. ވީމާ ތިމާގެ ސޫރަ އެހެން މީހުންގެ ކުރިމަތީގައި ބަދަލުކުރަން އެދޭނަމަ ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ތިމާއަކީ އެމީހުން އެދެކޭ ފަދަ މީހެއް ނޫންކަން ޢަމަލުން ދެއްކުމެވެ. 

ވީމާ ތިމާކުރާ ކަންކަން ރަނގަޅު ގޮތުގައި ކުރުންމަތީގައި ސާބިތުވުމުން މީހުންގެ ވިސްނުން އަމިއްލައަށް ބަދަލުވާނެއެވެ! ޔަޤީންކުރަންވީ ކޮންމެ ކަމެއްގެވެސް ޙަޤީޤަތް އަބަދު ސިއްރުކުރެވިފައި ނުއޮންނާނެ ކަމެވެ. ޙަޤީޤަތް ހާމަވާނެ ކަމެވެ. 

ހަމަ އެއާއިއެކު މީހުން ނުވަތަ މީހަކު ކޮންމެ ގޮތަކަށް ހީކުރުމުން ތިބާއަށް އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟ އެއްވެސް މީހަކީ ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް ޖަވާބުދާރީވާންޖެހޭނެ މީހެއް ނޫނެވެ. އެންމެންވެސް ޖަވާބުދާރީވާން ޖެހޭނީ ހަމަ ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް