އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔަވީ ބޭނުންތައް ހިފައިގެން މިސްކިތަށް އެރީމަ ދެދުނިޔެ ވެސް ނުލިބޭނީ! ކުރެވޭނީ އެއްވެސް ފައިދާއެއް ނުކުރާނެ މުޅިން ބޭކާރުކަންކަން!

ދުނިޔަވީ ބޭނުންތައް ހިފައިގެން މިސްކިތަށް އެރީމަ ދެދުނިޔެ ވެސް ނުލިބޭނީ! ކުރެވޭނީ އެއްވެސް ފައިދާއެއް ނުކުރާނެ މުޅިން ބޭކާރުކަންކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

މިސްކިތަށް އަރަމުން އަހަރެމެންގެ ފައިވާން ބާލައި ބޭރުގައި ބަހައްޓަމު ނޫން ހެއްޔެވެ؟ އެހިސާބުން ދުނިޔޭގެ ބޭނުންތައްވެސް ހިތާއި ވަކިކޮށް މިސްކިތުން ބޭރުގައި ބަހައްޓާށެވެ. ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް އަރާ މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ މިދުނިޔެވެސް އެދުނިޔެވެސް ނުލިބޭނެތީއެވެ. 

އެއީ ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް މީހަކަށް އޭނާގެ ނަމާދު ފުރިހަމައެއް ނުކުރެވޭނެއެވެ! ﷲ ތަޢާލާއަށް އަޅުކަންކުރުން ފިޔަވައި ދުނިޔަވީ އަމިއްލަ އެދުންތައް ހިފައިގެން މިސްކިތަށް އެރުމުން ނަމާދުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނަމާދު ނުކުރެވޭނެތީއެވެ! 

ވީމާ ފުރަތަމަކަމަކަށް ނަމާދު ފުރިހަމަކޮށް ޛިކުރުތައް ކިޔައި ސުންނަތްވެސް ކުރާށެވެ! އެއަށްފަހު ތިމާ ބޭނުންވާ ކަންކަމުގެ ވާހަކަތައް ދަންނަވައި ދުޢާކުރާށެވެ! އެއިރުން އެމީހާގެ ބޭނުންތައް ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ  

ދެން އޮތީ ނަމާދުން ބޭރުގައި ވަގުތުހޭދަކުރާގޮތާއި ކުރާ ކަންކަމެވެ. ނިކަން ބުނެބަލާށެވެ!  މިތަނުގައި ތމިތިބަ މީހުންގެ ތެރެއިން ނަމާދުން ބޭރުގައި މިއަދު ކިތައް މީހުން ﷲ ތައާލާއަށް ޛިކްރު ކުރިންހެއްޔެވެ؟ 

ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް ޛިކްރް ނުކުރާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޛިކްރް ކުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. މިސާލަކަށް 

سُبْحَانَ اللَّهِ  وبِحَمْدِهِ  سُبْحَانَ اللَّهِ الْعَظِيمِ މިދެކަލިމައަށް ވިސްނައިލާށެވެ. ދޫމައްޗަށް ކިހައި ފަސޭހަ ހެއްޔެވެ؟ ނަމަވެސް މިއީ މީޒާނުގައި އިންތިހާއަށް ބުރަ ދެ ކަލިކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ދޫމައްޗަށް ނުހަނު ފަސޭހަ މިފަދަ މަތިވެރި އެތައްބައިވަރު ޛިކުރުތައް ސުންނަތުން އެނގެން އޮތްއިރު، އަދި ދަސްކޮށްގެން ތިބެމެ ޢަމަލު ނުކުރީމާ ޤިޔާމަތްދުވަހު ކުރާނީ ކޮން ފައިޑާއެއް ހެއްޔެވެ؟ ޢުމުރުގެ ކުރުކަން ވޒަންކޮށް ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތު ގެދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް