އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލައަށް ޢާއިލާ ރޭވިދާނެ! ދަރިން ނުލިބޭނެ ގޮތްހަދަން އަމިއްލައަށް ބޭނުންވެގެން އޮޕްރޭޝަން ނުކުރެވޭނެ!

އަމިއްލައަށް ޢާއިލާ ރޭވިދާނެ! ދަރިން ނުލިބޭނެ ގޮތްހަދަން އަމިއްލައަށް ބޭނުންވެގެން އޮޕްރޭޝަން ނުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ދިރިއުޅުމުގެ ކަންކަމަށާއި އަނބިމީހާގެ ޞިއްޙީ ޙާލަތަށް ބަލައި އަމިއްލައަށް ޢާއިލާ ރޭވިދާނެއެވެ. (ދަރިން ލިބުމުގެ ދޭތެރެ ދުރުކުރެވިދާނެއެވެ.) ނަމަވެސް ދަރިން ނުލިބޭނެ ގޮތަށް ދެމަފިރިންކުރެ ކޮންމެ މީހަކު ނަމަވެސް އޮޕަރޭޝަންކޮށް ދަރިން ލިބުން ހުއްޓުވޭނީ އެކަމަށް ޝަރުޠު ހަމަވެގެންނެވެ. 

ނަމަވެސް މިހާރަކަށް އައިސް ތަފާތު ސަބަބުތަކާއި ހުރެ އަމިއްލައަމިއްލައަށް ޑޮކްޓަރުން ގާތަށް ގޮސް ދަރިމައި ނުވާ ގޮތަށް އެބަ އޮޕަރޭޝަންތައް ކުރެއެވެ. އެއީ އިސްލާމް ދީނުގައި އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެފަދަ އޮޕަރޭޝަނެއް ކުރަންޖެހޭނީ އިތުބާރުކުރެވޭ ޑޮކްޓަރުން އެކަމަށް ލަފާ ދިނުމުންނެވެ. ޑޮކްޓަރުން އެކަމަށް ލަފާދޭން ޖެހޭނީ ދަރިމައިވުމުން މައިމީހާގެ ފުރާނައަށް ގެއްލުންވާފަދަ މައްސަލައެއް މައިމީހާގެ ކިބައިގައި ހުރިކަން ޔަޤީން ކުރެވޭނަމައެވެ. 

ބައެއް ޢިލްމުވެރިންގެ ނަޒަރުގައި ޑޮކްޓަރުންގެ ހުއްދަ ނެތި ދަރިމައި ނުވާގޮތް ހެދުމަކީ ޑޮކްޓަރުންގެ ހުއްދަ ނެތި ދަރިން ވެއްޓުން ފަދަ ކަމެކެވެ. 

ދަރިން ގިނަ ވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ދުނިޔަވީ ސަބަބަކާއިހުރެ ދަރިމައިނުވާ އޮޕަރޭޝަން ކުރުމުގައި އިތުރު ގެއްލުންތަކެއްވެސް އެބަހުއްޓެވެ. ސަބަބަކީ ފަހުން ޚިޔާލު ބަދަލުވެ ދަރިއަކު ހޯދަން ބޭނުންވި ނަމަވެސް އެކަމުގެ ފުރުޞަތު ގެއްލިގެން ދިއުމެވެ. 2 ދަރިން ލިބުމުން ފުދުނީ ކަމަށްބަލައި އެފަދަ އޮޕަރޭޝަނެއް ކުރާ ފަހުން ދަރިއަކު ނުވަތަ ދެ ދަރިން މަރުވެފައިވެސް އެބަހުއްޓެވެ. އެ ޙާލަތުގައި އަލުން ދަރިއަކު ހޯދަން ބޭނުންވި ނަމަވެސް އެ ފުރުޞަތު ލިބުން ވަނީ ވަރަށް ނާދިރު ކަމަކަށެވެ. އަދި ކައިވެނި ރޫޅި އިތުރު ކައިވެންޏެއް ކުރަން ޖެހޭ ހާލަތުގައި ދަރިއަކު ބޭނުންވުމުން ވެސް ހަމަ މި މައްސަލަތައް ކުރިމަތިވާނެއެވެ. 

މިކަމުގެ އެންމެ ނުރައްކާތެރިކަން ބޮޑު ކަމަކީ މިޒަމާނުގައި އެފަދަ އޮޕަރޭޝަނެއް ކުރުން ގިނަ ފަހަރު ވެގެންދަނީ ޒިނޭ ކުރަން ދެވޭ ތަޅުދަނޑިއަކަށް ކަމެވެ. ދެން ދަރިއަކު ނުލިބޭނެ ކަމުގެ ޔަޤީންކަން އޮޕްރޭޝންކުރެވުނު މީހާއަށް މީހާއަށް ލިބުން ވެގެންދަނީ ވަރަށް ނުރައްކައުތެރި ކަމަކަށެވެ. އޮޕަރޭޝަންކުރެވުނު މީހާއަށް ކަމަށް މިބުނީ ފިރިހެނުންވެސް އެފަދަ އޮޕަރޭޝަން ކުރާތީއެވެ. ވީމާ އެހެން ގޮތެއް ނެތިގެން ނޫނީ ދަރިމައިނުވާ ނުވަތަ ދަރިން ނުލިބޭނެ އޮޕަރޭޝަން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. 

- ޝައިޚް އަހްމަދު ހަމްބަލް ގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް