އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ވާރުޕޭ" އިން "ދިރާގުޕޭ" މެދުވެރިކޮށް ފަައިސާދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

"ވާރުޕޭ" އިން "ދިރާގުޕޭ" މެދުވެރިކޮށް ފަައިސާދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް ޚާއްސަކޮށްފައިވާ މީރާގެ އޮންލައިން ޚިދުމަތް "ވާރުޕޭ " އިން "ދިރާގުޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޚިދުމަތް މީރާއާއި ދިރާގު ގުޅިގެން ތައާރަފުކޮށްފިއެވެ. މި ޚިދުމަތް ތައާރަފުކޮށްފައިވަނީ، މިއަދު މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

މި ޚިދުމަތް ތައާރަފުކުރުމަށް މީރާގައި ބޭއްވި ހަފްލާގައި، މީރާއާއި ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލާ އަސްމާ ޝަފީޢު، އަދި ދިރާގު ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދިރާގުގެ ޗީފް ފައިނެންޝަލް އޮފިސަރ، ރޮބިން ވޯލްއެވެ.

މިއަދު މި ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި، މި ޚިދުމަތަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ޚިދުމަތެކެވެ. އަދި މިއީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވަމުން އަންނަ ދުވަސްވަރެއްކަމުން، އަދި ގިނަ ފަރާތްތަކުން މި ފަދަ ޚިދުމަތްތައް ބޭނުންކުރަމުންދާތީ، އެ ފަދަ ފަރާތްތަކުން މީރާއިން ޚިދުމަތް ހޯދުމަށް ވާނެ ފަސޭހައެއްކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވެފައިވެއެވެ. އަދި، ކުރިއަށްއޮތްތަނުގައި، މިފަދަ ޚިދުމަތް ފޯރުކޮށްދޭ އިތުރު ފަރާތްތަކާއި ގުޅިގެން، މި ފަދަ ގިނަ ޚިދުމަތްތައް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މި ޚިދުމަތް ތައާރަފުކުރުމަށްޓަކައި ދިރާގުގެ ފަރާތުން މީރާއަށް ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރުދެންނެވިއެވެ.

މި ހަފްލާގައި ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ ރޮބިން ވޯލް ދެއްކެވި ވާހަކަފުޅުގައި، މީރާގެ ޕޭމަންޓް ޕާޓްނަރ އެއްގެ ގޮތުން ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ޚިދުމަތެއް ދިރާގު ޕޭ މެދުވެރިކޮށް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދިރާގުން އަބަދުވެސް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލައި، އެކަންކަން ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރޮބިން ފާހަގަކުރެއްވިއެވެ.

ވާރުފޭ ޚިދުމަތް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކާގުޅޭ ގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި، އެއަރޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް އަދި މިނޫންވެސް ގިނަ ފައިސާ ދަނީ މީރާއަށް ބަލައިގަންނަމުންނެވެ. ވާރުޕޭގެ ޚިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު