އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިޖީއެމްއެޗުން ޚިތާނުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އައިޖީއެމްއެޗުން ޚިތާނުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ހިތާނުކުރުމުގެ ޚިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމައްޓަކައި ނަންނޯޓު ކުރުމުގެ ފުރުސަތު އައިޖީއެމްއެޗުން  ހުޅުވާލައިފިއެވެ.

ނަންނޯޓް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތައް :

• 17 އޮކްޓޯބަރު 2020

• 19 އޮކްޓޯބަރު 2020 އިން 22 އޮކްޓޯބަރު 2020 އަށް    

ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު (15 ނޮވެމްބަރު 2020 އިން ފެށިގެން 25 ޑިސެމްބަރު 2020 ގެ ނިޔަލަށް) ހިތާނު ކުރެވޭނެއެވެ. އަދި ކޮވިޑް-19 ގެ މި ދަނޑިވަޅާއި ގުޅިގެން އެޅިފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އެ ހޮސްޕިޓަލުގެ މަސައްކަތްތައް ރޭވުމުގެ ގޮތުން، މި އަހަރު ދުވާލެއްގެ މައްޗަށް ހިތާނު ކުރެވޭނެ އަދަދަކީ 12 އެވެ.

ނަން ނޯޓްކުރުމާއި އިތުރު މައުލޫމާތު ހޯއްދެވުމަށް ދަރުމަވަންތަ ކޮމްޕްލެކްސްގެ 3 ވަނަ ފަންގިފިލާގައި ހުންނަ ސާރޖަރީ ކައުންޓަރަށް ހެނދުނު 08:00 ން 12:00 އާއި ދެމެދު ވަޑައިގެން ނުވަތަ 3335300 އަށް ގުޅުއްވުމަށް އައިޖީއެމްއެޗުން އެދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު