އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދު އަޅައިގެން ހުންނަ މީހާ އެހުންނަނީ ނަރަކައިގެ އަލިފާނަށް ހުށަހެޅިގެން!: ޙަދީޘް

ނަމާދު އަޅައިގެން ހުންނަ މީހާ އެހުންނަނީ ނަރަކައިގެ އަލިފާނަށް ހުށަހެޅިގެން!: ޙަދީޘް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ނަމާދު އަޅައިގެން ހުރުމަކީ ކިހައިވަރެއްގެ ބިރުހުރި ކަމެއްކަމަށް ބިރުވެތިވާ މީހުން މިޒަމާނުގައި ހާދަމަދެވެ. ފަހުން ނަމާދުކޮށްލަން ނިޔަތްގަނެގެން ހުރުމަކުން ނުފުދެއެވެ. ކޮންމެ ނަމާދެައްވެސް އެ ނަމާދުގެ ވަގުތުގައި ކުރަން ޖެހެއެވެ. ނޫންނަމަ އެމީހަކު އެ ހުންނަނީ ނަރަކައިގެ އަލިފާނަށް އަމިއްލައަށް ހުށަހެޅިގަނެގެންނެވެ. 

Abdullah ibn Mas’ud reported: The Prophet, peace and blessings be upon him, said, 

“You are exposed to fire, you are exposed to fire! If you perform the dawn prayer, it will cleanse you. Then, you are exposed to fire, you are exposed to fire! If you perform the noon prayer, it will cleanse you. Then, you are exposed to fire, you are exposed to fire! If you pray the mid-day prayer, it will cleanse you. Then, you are exposed to fire, you are exposed to fire! If you pray the sunset prayer, it will cleanse you. Then, you are exposed to fire, you are exposed to fire! If you pray the evening prayer, it will cleanse you. Then, when you sleep, nothing will be written against you until you wake up.”

Source: al-Mu’jam al-Kabīr 2224

Grade: Sahih li ghayrihi (authentic due to external evidence) according to Al-Albani

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ تَحْتَرِقُونَ تَحْتَرِقُونَ فَإِذَا صَلَّيْتُمُ الْفَجْرَ غَسَلَتْهَا ثُمَّ تَحْتَرِقُونَ تَحْتَرِقُونَ فَإِذَا صَلَّيْتُمُ الظُّهْرَ غَسَلَتْهَا ثُمَّ تَحْتَرِقُونَ تَحْتَرِقُونَ فَإِذَا صَلَّيْتُمُ الْعَصْرَ غَسَلَتْهَا ثُمَّ تَحْتَرِقُونَ تَحْتَرِقُونَ فَإِذَا صَلَّيْتُمُ الْمَغْرِبَ غَسَلَتْهَا ثُمَّ تَحْتَرِقُونَ تَحْتَرِقُونَ فَإِذَا صَلَّيْتُمُ الْعِشَاءَ غَسَلَتْهَا ثُمَّ تَنَامُونَ فَلَا يُكْتَبُ عَلَيْكُمْ شَيْءٌ حَتَّى تَسْتَيْقِظُونَ

2224 المعجم الأوسط للطبراني

357 المحدث الألباني خلاصة حكم المحدث حسن صحيح في صحيح الترغيب

 

 

 

މިޙަދީޘްފުޅުން އެނގިގެން މިދަނީ ކޮންމެ ނަމާދެއް ކުރުމުންވެސް އެމީހަކު ނަރަކައިގެ އަލިފާނުން ސަލާމަތްވާކަމެވެ. އަދި އަނެއް ނަމާދާއި ހަމައަށްވެސް ހުންނަނީ ނަރަކައިގެ އަލިފާނަށް ހުށްހެޅިގެންކަމާއި ސަލާމަތްވެވެނީ ޖެހިގެން އަންނަ ނަމާދުކުރުމުން ކަމެވެ. 

 

ހަމައެއާއިއެކު ކޮންމެފަހަރަކު تَحْتَرِقُونَ ތަކުރާރުކުރައްވަވައި تَحْتَرِقُونَ تَحْتَرِقُونَ ޙަދީޘްފުޅުކުރައްވަވާފައި އޮތުމުން މިކަމުގައި ހުރި ބިރުވެރިކަން އެނގިގެންދެއެވެ. މީސްތަކުންނޭވެ! ނަމާދަށް ފަރުވާތެރިވާށެވެ! ނަމާދުއަޅައިގެން ހުރުމުގެ ހުރި ބިރުވެރިކަން މިހައި ވަރަށް ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ އެކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރު ބޮޑުކަމުންކަން ޤަބޫލުކުރަންވާނެއެވެ. 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


18%
ވ.ރަނގަޅު
0%
ރަނގަޅު
31%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް