އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު
މުޅި ދުނިޔެއަށް ބެލި ނަމަވެސް މުސްލިމުން މިއަދު މިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެތެރޭގައެވެ. ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ. ޚަޒާނާގައި ތަނަވަސްކަން ހުރެ އެންމެ ފަޤީރު ޙާލަތުގައެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ މުސްލިމް އުންމަތަކީ އެންމެ ތަނަވަސްކަން ބޮޑު އުންމަތް ނަމަވެސް ވެރިންގެ ކިބައިގައި ތެދުވެރިކަމާ އިޚްލާޞްތެރިކަން ނެތުމުން ކާފިރުންނަށް ވިކިހުސްވެގެން ތިބުމެވެ. ކާފިރުންނަށް އަޅުވެތިވެ ކާފިރުން ބުނާހައި ގޮތަކަށް ކަންކަން ކުރަމުން ގެންދިއުމެވެ.
މިޙާލަތުގައި ކުރަން މުފްތީ މެންކް އލްތިމާސްކުރައްވާފައިވާ ދުޢާ:
ޔާ ﷲ! މިއަދު އަޅަމެންގެ ވަށައިގެން ހިނގަމުން މިދަނީ އެކަންކަމުގެ ހަޤީޤަތް ނުއެނގޭ ކަންތައްތަކެކެވެ. އެކަންކަމަށް ކުރިމަތިލުމުގެ ހިތްވަރު އަޅަމެންނަށް ދެއްވަވާނދޭވެ! ފެންނަމުން މިދަނީ އަޅަމެންގެ އެއްވެސް ބާރެއް ނެތްކަމާއި ނިކަމެތިކަމެވެ. އަބަދުވެސް ތިބެންޖެހިފައި މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
ހުރިހާ ކަމެއްގެ ކޮންޓްރޯލް ވަނީ ހަމަ އިނބަ ﷲ ގެ ޙަޟްރަތުގައެވެ. އަޅަމެންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތުން އަޅަމެން ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ! އާމީން
Advertisement
17 އޮކްޓޯބަރ 2020