އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެ ލިބުން އެދޭ މީހާ މިކަންކަމަށް ވިސްނައިލާށެވެ!

ސުވަރުގެ ލިބުން އެދޭ މީހާ މިކަންކަމަށް ވިސްނައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ދުނިޔޭގެ ޙަޔާތަށް ބެލިނަމަވެސް ދިރިއުޅުން ކާމިޔާބުކުރެވެނީ އެކަމަށްޓަކައި ހީވާގިވެ ބުރަކޮށް މަސައްކަތްކުރާ މީހުންނަށެވެ. އެމީހާ ކުރާ މަސައްކަތްތަކާއިމެދު ވިސްނައި ފިކުރުކުރަން ގިނަ ވަގުތު ހޭދަކުރާ މީހުންނަށެވެ. 

އިމްތިޙާނަކަށް ބެލިނަމަވެސް އެކަން އޮތީ ހަމަ މިފަދައިންނެވެ. ރަނގަޅު ނަތީޖާ ހޯދެނީ ފިލާވަޅުދަސްކުރަން މަސައްކަތްކޮށް ފިލާވަޅުތަކާއިމެދު ވިސްނައި ފިިކުރުކުރަން ގިނަ ވަގުތު ހޭދަކުރާ ދަރިވަރުންނަށެވެ.

އާޚިރަތް ކާމިޔާބުކުރެވި ސުވަރުގެ ލިބުންވެސް އޮތީ ހަމަ މިމަގުންނެވެ. އަޅުކަމުގައި ހޭދަކުރާވަގުތު ގިނަކުރަންޖެހެއެވެ. ﷲ ތަޢާލާގެމަތިން ހަނދުމަކޮށް ޛިކުރުކޮށް އެކަލާނގެ ހަނދުމަކުރަން ވީހައި ގިނަ ވަގުތު ހޭދަކުރަން ޖެހެއެވެ. ފާފަކުރުން މަދުކުރަންޖެހެއެވެ. ފާފަކުރުން މަދުކުރެވޭނީ ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަކޮށް ބިރުވެތިވީ މިންވަރަކުންނެވެ. 

ވީމާ ސުވަރުގެ ލިބިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ކަންނެތްވެގެން ހުރެ ސުވަރުގެ ލިބުމަށް އެދުމަކީ މޮޔަކަމެކެވެ. މިސާލަކަށް ބައެއް މީހުން އުމުރުން ދުވަސްވުމުން އަޅުކަންކުރުން ގިނަކުރަން ވިސްނައިގެން ޒުވާން އުމުރު އެބަ ނަގައިލައެވެ. އޭނާ މަރުވާނީ ކޮންޢުމުރެއްގައިކަން އޭނާއަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެކަމަށް ގަރަންޓީ ދިނީ ކާކުހެއްޔެވެ؟ 

މަރުމަތީގައި ޝަހާދަތް ކިޔާލައިގެން ސުވަރުގެ ވަންނަން ނިންމައިގެން ތިބޭ ބައަކުވެސް އުޅެއެވެ. މަރުމަތީގައި ތައުބާވެވި ޝަހާދަތްކިޔޭނެ ކަމުގެ ގަރަންޓީ ދިނީ ކާކުހެއްޔެވެ؟ މަރުހިއްޕެވުމަސް ވަޑައިގަންނަވާ މަލާއިކަތާ ލޮލަށް ފެންނަ ހިސާބުން ތައުބާވުމުގެ ދޮރުތައް ބަންދުކުރައްވަވައެވެ. 

ސުވަރުގެ އެދޭ މީހާ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. މިފަދަ ނަޞޭޙަތްތައް ވަރަށް ގިނައިންދެވެއެވެ. އެއީ މިކަމަކީ އިންސާނާގެ ޙަޔާތުގައި އެންމެ މުހިންމު ކަންތައް ކަމުގައިވާތީއެވެ. ސުވަރުގެ ހޯދަން ހީވާގިނުވެ ސުވަރުގެ ލިބުމަށް އުންމީދުކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް