އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުހިންމީ ރަންފަރުބަދައެއް ހެއްޔެވެ؟ އިސްލާމް ދީން ހެއްޔެވެ؟

މުހިންމީ ރަންފަރުބަދައެއް ހެއްޔެވެ؟ އިސްލާމް ދީން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

އަހުރެންގެ ވިސްނުމުގައި ކާބަފައިންގެ ކިބައިން ވާރުތަވި އެންމެ އަގުބޮޑު އެއްޗަކީ އިސްލާމް ދީނެވެ. ބިޔަ ރަންފަރުބަދައަކަށްވުރެ އަހުރެންގެ ކުރިމަތީގައި އިސްލާމްދީނުގެ އަގު މާބޮޑެވެ! 

މީހެއްގެ ހިތުގައި އިސްލާމް ދީނަށް ލޯބި ނެތިއްޖެ ނަމަ ކުޑަ ރަންކޮޅެއް ކީއްކުރަން، ކުޑަ ރިހިކޮޅެއްގެ އަގުވެސް މާބޮޑުވެދާނެއެވެ! ނަމަވެސް އެމީހާގެ ހިތުގައި އިސްލާމް ދީނަށް ލޯބި އޮތްނަމަ އެމީހާއަށް މުހިންމުވާނީ އިސްލާމް ދީނެވެ. ދުނިޔޭގައި ހުރި ހުރިހާ ފަރުބަދަތައް ރަނަށް ބަދަލުވެ ރަންފަރުބަދަތަކަކަށް ވެގެން ދިއަ ނަމަވެސް އިސްލާމް ދީނާއި އަޅުވައިފިނަމަ އެ ފަރުބަދަތަކުގެ އެއްވެސް އަގެއް ނުހުންނާނެއެވެ. 

ވީމާ ކާބަފައިންގެ ކިބައިން ވާރުތަވި ރަނާއި ޖަވާހިރުތައް މުހިންމުވެފައި އިސްލާމް ދީން ނިކަމެތިވެއްޖެ ނަމަ އެމީހާގެ އެއްވެސް އަގެއް އަހުރެންގެ ކުރިމަތީގައި ނުވެއެވެ! 

ތިލަކޮށްލާނަމެވެ! މާމަގެ ރަންފަށްޓަރުބައި އެހައި މުހިންމެއް ނޫނެވެ. މުހިންމީ އިސްލާމް ދީނެވެ. އެދީނަށް ލޯބިކުރުމެވެ. އެދީން ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތްކުރުމެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް