އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައިބަރ ސެކިއުރިޓީ އާ ބެހޭ ޚާއްސަ ވެބިނަރ އެއް ދިރާގާއި ފޯރޓިނެޓް ގުޅިގެން ބާއްވައިފި

ސައިބަރ ސެކިއުރިޓީ އާ ބެހޭ ޚާއްސަ ވެބިނަރ އެއް ދިރާގާއި ފޯރޓިނެޓް ގުޅިގެން ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 0 ސިކުންތު

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގުން، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށްގެން ސައިބަރ ސެކިއުރިޓީ އާ ބެހޭގޮތުން ފޯރޓިނެޓް އާ ގުޅިގެން ވެބިނަރއެއް ބާއްވައިފިއެވެ. މި ވެބިނަރ ބާއްވާފައިވަނީ ދިރާގު 'އެއްވުން' ޕްލެޓްފޯމްގައި އެވެ. 

"ފްރޮމް ސެކިއުރިޓީ ޓު ޓްރަސްޓް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ވެބިނާގައި އަލިއަޅުވާލި މައިގަނޑު ވާހަކަތަކުގެ ތެރޭގައި ގްލޯބަލް ސެކިއުރިޓީ ޓްރެންޑްސް، ކޮވިޑް 19 އާއި އެފަދަ ބަލިމަޑުކަމެއްގެ ތެރޭގައި އާއި ގޭގަ މަސައްކަތް ކުރުމުން ސައިބަރ ސެކުރިޓީ އަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ނުރައްކާތަކާއި، މި ފަދަ ނުރައްކާތަކުން ކުންފުނިތަކާއި މުވައްޒަފުން ސަލާމަތް ކުރުމަށް ކުރެވޭނެ ކަންތައްތަކާއި ސޮލިއުޝަންތަކަށެވެ. 

މި ވެބިނާގެ ކީނޯޓް ދެއްވީ ޓެކް ދާއިރާގައި 20 އަހަރު ދުވަހުގެ ތަޖުރިބާހުރި އަދި މިހާރު އީގާޑިއަން ޕްރައިވެޓް ލިމިޓެޑް، ޑީ.ސީ.އެސް ޕްރައިވެޓް ލިމިޓެޑް އަދި އައި.އައި.އެޗް.ޓީ ސްރީލަންކާގެ ޑިރެކްޓަރ އަދި ޑެލްޓާ ސްޕައިކް ޕްރައިވެޓް ލިމިޓެޑްގެ ކޯފައުންޑަރ ކަމަށްވާ ޝިހާން އަނޮން އެވެ. މީގެ އިތުރުން ޝިހާން އަކީ "ސޭންސް" ސެޓިފައިޑް ސެކިއުރިޓީ މާހިރެކެވެ. ޝިހާންގެ ވާހަކަ ފުޅުގައި ކޮވިޑް19ގެ ސަބަބުން، ގޭގަ މަސައްކަތްކުރާއިރު ސައިބަރ ސެކިއުރިޓީ އަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކާއި ނުރައްކާތަކާ ބެހޭގޮތުން ވަނީ އަލިއަޅުއްވާލައްވައިފައެވެ. އަދި މީގެ  އިތުރުން ދުނިޔޭގައި އެނބުރެމުންދާ ނުރައްކާތެރި ސައިބާ ހަމަލާތަލާ ބެހޭ މައުލޫމާތު އުނގެނި، އެކަންތައްތަކުން ރައްކާތެރިވެ، ހޭލާ ތިބުމުގެ މުހިންމު ކަމަށް ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ. 

މި ވެބިނަރގައި ސަބްޖެކްޓް އެކްސްޕާޓެއްގެ ގޮތުން ވާހަކަފުޅު ދެއްކެވީ 20 އަހަރަށް ވުރެ ގިނަ ދުވަހުގެ އައިޓީ ސިކިއުރިޓީ ތަޖުރިބާހުރި އަދި މިހާރު ފޯރޓިނެޓްގެ ޕްރިންސިޕަލް ސިސްޓަމް އިންޖިނިއަރ ކްރިޝްނަން ރާޖަގޮޕްލަން އެވެ. އެ ބޭފުޅާގެ ވާހަކަފުޅުގައި އަލިއަޅުވައިދެއްވީ ސައިބަރ އެޓޭކް ތަކަކީ މިއަދުގެ ދުނިޔޭގައި މެދުނުކެނޑި 24 ގަޑި އިރު ހިނގަމުން ދާ ކަމެއްކަމަށާއި، ވިޔަފާރީގެ ބޭނުންތަކާއި އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރާ މިންވަރު އިތުރުވެ، ޓެކްނިކަލް އާލާތްތައް ބޭނުން ކުރުން އިތުރުވާ މިންވަރަކަށް މިފަދަ އެޓޭކްތައް އަމާޒުވެ ސައިބަރ ހަމަލާ އަކަށް ހުށައެޅުމުގެ ކުރައްކާ އިތުރު ވެގެން ދާ ކަމަށެވެ. އެހެންކަމުން، ޚިދުމަތަކުގެ ސެކިއުރިޓީ އިތުރު ކުރުމަށްޓަކައި، ޚިދުމަތް ބޭނުންކުރާ ފަރާތް ތަކާއި، ޑިވައިސްތައް ވަގުތުން ވަގުތަށް މޮނިޓަރ ކުރުމަކީ ނުހަނު ބޭނުން ތެރި ކަމެއް ކަމަށް އަލިއަޅުވާލެއްވިއެވެ. 

ދިރާގުން މި ވެބިނަރ ގައި ދިރާގު ސިއެމް ނުވަތަ ދިރާގު ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓް އަދި ބެކަޕް އެންޑް ރިކަވަރީ ސޮލިއުޟަން އާ ބެހޭގޮތުން ވާހަކަދެއްކިއެވެ. އެގޮތުން ދިރާގު ސިއެމް އަކީ ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާ ކަހަލަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭޏުންވާ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅު އެޅުމަށާއި، ދުރާލާ މި ފަދަ ނުރައްކާތައް އަންގައިދީ އެކަމުން ސަލާމަތް ވާނ މަގު ފަހިކޮށްދޭ ނިޒާމެކެވެ. 

ދިރާގު ބެކަޕް އަދި ރިކަވަރީ އަކީ ޑިޒާސްޓަރ ރިކަވަރި އަދި ބިޒްނަސް ކޮންޓިނިއުޓީ އަށް ހާއްސަ ކޮށްގެން ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. އެގޮތުން، މި ޚިދުމަތަކީ ކްލައުޑް ބޭސްޑް ބެކަޕް ޚިދުމަތެކެވެ. އެގޮތުން، މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންގެ އެންމެ ކްރިޓިކަލް ނުވަތަ އެންމެ މުހިންމު އައިޓީ ސިސްޓަމްތަކުގެ ޑޭޓާ ރައްކާތެރިވެ، ސަރވަރ ކްރޭޝްވުން ފަދަ ކަމެއް މެދުވެރި ވެއްޖެ ހާލަތެއްގައި އެ ސިސްޓަމްތައް އެންމެ ފަހުން ހުރި ހާލަތައް އަވަސްގޮތެއްގައި އަދި ރައްކާތެރިކަމާއެކު އިޔާދަކުރުމަށް މަގުފަހި ވެގެން ދާނެއެވެ. 

މި ވެބިނާރ އާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ދިރާގު ޑިރެކްޓަރ ކަސްޓަމަރ ސޮލިއުޝަންސް މުސްތާގް އަހުމަދު ދީދީ ވިދާޅުވީ "މި ވެބިނަރ ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ އަޅުގަނޑުމެންގެ ވިޔަފާރި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސައިބަރ ސެކުރިޓީގެ މުހިންމުކަމާއި، ސައިބަރ އެޓޭކްތަކުން ރައްކާތެރިވުމުގަށް ދުރާލާ ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން އެބޭފުޅުންނަށް މައުލޫމާތު ދިނުމުގެ ބޭނުމުގައި. އަދި މީގެ އިތުރުންއަޅުގަނޑުމެންގެ ޕަރޓްނަސް މެދުވެރުކޮށް މި ކަސަޓަމަރުންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މައުލޫމާދު ދިނުމަށް" 

ދިރާގުން ބުނެފައިވަނީ އެކުންފުނީގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ  ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ