އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފާވެރިކަމާ ހިތްދަތިކަމުގެ ވަގުތުގަވެސް 2 ރަކްޢަތް ނަމާދެއް ކުރުމުން ލިބޭ ހިތް ހަމަޖެހުން ބޮޑުތަނުން އިތުރުވެގެންދޭ!

އުފާވެރިކަމާ ހިތްދަތިކަމުގެ ވަގުތުގަވެސް 2 ރަކްޢަތް ނަމާދެއް ކުރުމުން ލިބޭ ހިތް ހަމަޖެހުން ބޮޑުތަނުން އިތުރުވެގެންދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ބޮޑުކަނެއް ކުރިމަތިވާހިނދު ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ގޮތުން ނުވަތަ ﷲ ތަޢާލާގެ ރަޙްމަތަށް އެދި 2 ރަކްޢަތް ނަމާދެއްކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. 

މިކަމުގައި ފުރަތަމަވެސް ފާހަގަކޮށްމިލީ 2 ކަމެކެވެ. 2 ޙާލަތެކެވެ. ފުރަތަމަ ކަމަކީ ހިތާމައާއި ހިތްދަތިކަން ލިބުމެވެ. 2 ވަނަ ޙާލަތަކީ އުފާވެރިކަމެއް ލިބުމެވެ. މި 2 ޙާލަތުގައިވެސް އޮތީ 2 ރަކްޢަތް ނަމާދެއް ކޮށްލުމަށް އަވަސްވެގަތުމެވެ. 

އެފަދަ ނަމާދެއްކުރަން ބޭނުންވާ މީހާއަށް އޮތީ ވަރަށް ފަސޭހައިން އެކަން ކުރެވޭށެވެ! ނަމާދަށް ހުއްޓުމަށްފަހު "މާތް ﷲ އަށް އަޅުކަމުގެ ގޮތުން 2 ރަކްޢަތް ނަމާދެއް ކުރަމެވެ." ނިޔަތްގަނެ ފަށައިގަންނަންވީއެވެ. ބޭނުންވަރަކަށް ކުރުކުރަންވީއެވެ. އަދި ދިގުވެސްކުރަންވީއެވެ. އޮތީ އެމީހާގެ ހުރި ހިތްވަރެކެވެ. 

ނިޢްމަތެއް ލިބުނު ނަމަވެސް މިއަދު މީސްތަކުން އަވަސްވެގަންނަނީ އެކަން ވީހައި ގިނަބައަކަށް އިޝްތިހާރުކުރުމަށެވެ. ބޮޑެތި ހަފްލާތައް ބާވައި ނާޗަރަންގީވެސް ކުޅުމަށެވެ. ހަމަކަށަވަރުން އެއިރުން އެ ޢަމަލުކުރެވެނީ ޝައިޠޯނާ އެދޭގޮތަށެވެ! ނިޢްމަތް މިންވަރުކުރެއްވެވީ ﷲ ތަޢާލާ އަންގަވާފައިވަނީ އެގޮތަށް ކަންކަން ކުރުމަކަށްނޫނެވެ. ނިޢްމަތެއް ލިބުނުނަމަވެސް އަދި ދަތިޙާލަތެއް ކުރިމަތިވިނަމަވެސް އެކަލާނގެއަށް ޝުކުރުވެރިވުމަށެވެ! އަޅުކަންކުރުން އިތުރުކުރުމަށެވެ. 

ކުރިން މިބުނި ފަދަ ޙާލަތުގައި ނަމާދުކުރުމަކީ ރަސޫލް (ޞޢވ)ގެ ސުންނަތުގައިވާކަމެކެވެ. ޞަޙާބީން ދެމެހެއްޓެވި ސުންނަތެކެވެ. ނަމަވެސް މީސްތަކުންގެ ގިނަ ބައަކު މިއަދު މިވަނީ ސުންނަތާއި ދުރަށް ޖެހެވުނުވަރު ބޮޑުކަމުން އެ ސުންނަތް މަތިން ހަނދާންވެސް ނެތިފައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް