އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްޔިތާ ވަޅުލުމަށްފަހު ކުރާނެ ދުޢާ ކުރުކޮށް!

މައްޔިތާ ވަޅުލުމަށްފަހު ކުރާނެ ދުޢާ ކުރުކޮށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ހަދީޘްފުޅުގައި އޮތީ ވަޅުލުމަށްފަހު މައްޔިތާގެ މައްޗަށް ހެޔޮ ދުޢާކުރުމަށެވެ. އެވަގުތަކީ އޭނާ އާއި ސުވާލުކުރެއްވެވޭނެ ވަގުތެވެ. އެވަގުތުގައި ސާބިތުކަން ދެއްވެވުން އެދި ދުޢާކުރުމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. 

ވީމާ ދިގު ސީޣަތަކުން ދުޢާކުރަން ނުއެނގޭނަމަ މިފަދަ ކުރު ދުޢާއެއް ނަމަވެސް ކުރާށެވެ! 

اللَّهُمَّ اغْفِرْ لَهُ الَّلهُمَّ ثَبِّتْهُ

އެކުލެވިގެންވާ މާނައީ "ޔާ ﷲ އޭނާގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! ޔާ ﷲ! އޭނާއަށް ސާބިތުކަން ދެއްވަވާނދޭވެ!" 

ހިތާމައަކީ މިހާރުވެސް ބައެއް މީހުން، ޖަނާޒާއަށްގޮސް ތިބޭ ތިބުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވޭކަމެވެ. އެންމެ ކުޑަމިނުން އިމާމްގެ ފަހަތުން އާމީންކިޔައިނުލެވި ހުނުމާއި މަޖަލުގައި ވަގުތުކުރާ މީހުންވެސް ތިބޭކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް