އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަލާއިކަތާ ތާޅަފިލި އުފުއްލަވައި ތުންފަތްޕުޅުގައި ޖައްސަވައިފިއެވެ: ޙަދީޘް ‍- މީސްތަކުން އަދިވެސް ހަމަ އުފާކުރަނީއެވެ!

މަލާއިކަތާ ތާޅަފިލި އުފުއްލަވައި ތުންފަތްޕުޅުގައި ޖައްސަވައިފިއެވެ: ޙަދީޘް ‍- މީސްތަކުން އަދިވެސް ހަމަ އުފާކުރަނީއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ރަސޫލް ﷺ ހަދީޘް ކުރައްވަވާފައިވެއެވެ. 

"ތިމަން ކަލޭގެފާނު މަޑުން ހުންނަވާނީ ކިހިނަކުންހެއްޔެވެ؟ މަލާއިކަތާ ތާޅަފިލި އުފުއްލަވައި ތުންފަތްޕުޅުގައި ޖައްސަވައިފިއެވެ." 

މަލާއިކަތާ އިންތިޒާރުކުރައްވަމުން އެގެންދަވަނީ ﷲ ތަޢާލާ އެ ތާޅަފިލި ފުމެލައްވަން އަންގަވާނެ ވަގުތަކަށެވެ. ތާޅަފިލީގެ އަޑު އިވިގެންދާނީ ކުއްލިއަކަށެވެ. އެހިސާބުން ހުރިހައި ކަމެއް ނިމިގެން ދިއައީއެވެ. 

ޤިޔާމަތްވުން ދާދި ގާތްވެއްޖެކަން އެންމެ ބޮޑަށް ޔަޤީންވަނީ މީގެ 1400 އަހަރުކުރިން ބާވައި ލެއްވެވި ކީރިތި ޤްރްއާނުންނެވެ. އަލްޤަމަރު ސޫރަތުގެ ފުރަތަމަ އާޔަތުންނެވެ. "ޤިޔާމަތް ވުމުގެ ވަގުތު ކައިރިވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ." ކަމުގައި ބަޔާން ކުރައްވަވާފައިވާ ވަޙީ ބަސްފުޅުންނެވެ.

މީސްތަކުންނޭވެ. މަރުވާ ހިސާބުން އެމީހަކަށް ޤިޔާމަތްވީއެވެ. ކައްވަޅުގައި އޮންނަން ޖެހޭނީ އެ ކަޅުކަން ގަދަ އަނދިރީގައި އެކަނިމާ އެކަންޏެވެ. އަލިކަމެއް ފޯރުކޮށްދޭނެ، އެހީތެރިކަން ފޯރުކޮށްދޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ވީމާ ކައްވަޅު އަލިކުރަން ބޭނުންނަމަ، ކައްވަޅުގެ ޢަޛާބުން  ސަލާމަތްވުމަށް ބޭނުންނަމަ، އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްވުމަށް އެދޭނަމަ އަބަދުވެސް މަރަށް ތައްޔާރުވުންމަތީގައި ދެމިހުންނާށެވެ!  

- ވައްހާޖް ތަރިންގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް