އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޤާސިމް އިބްރާހީމް ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސް ކުރައްވައިފި

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޤާސިމް އިބްރާހީމް ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

މިއަދު ރާއްޖޭގައި ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ވިލާ ފައުންޑޭޝްންގެ ބާނީ އަދި ވިލާ ގްރޫޕުގެ ޗެއާމަން ޤާސިމް އިބްރާހީމް ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސް ކުރައްވައިފި އެވެ. 

ވިލާ ގްރޫޕަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އާއި ގުޅިގެން ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އަމިއްލަ ކުންފުންޏެވެ. ގްރޫޕުގެ ޗެއާމަން ޤާސިމް އިބްރާހީމް އެއިރު ނުހައްޤުން ހައްޔަރުކޮށްފައި ހުރުމުން ކުންފުންޏަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކާއިއެކުވެސް ސުނާމީ އަރައި ޙާލުގައި ޖެހުމުން ރައްޔިތުންނަށް އެހީތެރިވުމަށް ކުންފުނީގެ ވަސީލަތްތައް ހުޅުވާލަދީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެއްވެސް އިމެއް ނެތިއެވެ. 

ސުނާމީ އެރުމުން ރާއްޖެއަށް އެހީތެރި ނުވުމަށް ބޭރުގެ ޖަމާއަތްތަކަށް ގޮވާލި ސިޔާސީ ފަރާތްތައް ތިބިކަން މިއަދުވެސް ހަނދާނަށް ގެންނަން ޖެހެއެވެ. ހަމައެއާއިއެކު ޙާލުގައި ޖެހުނު މީހުންނަށް ރައްޔިތުން ފޯރުކޮށްދިން އެހީގެތަކެތި އެއީ އެމީހުން ދިންތަކެތިކަމަށް ހަދައި ރައްޔިތުންނަށް އޮޅުވާލި މީހުންނާއި ކޮވިޑާއި ގުޅިގެން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވީ ފަދައިން ސުނާމީ އެރުމުންވެސް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ ބޮޑެތި އަދަދުތަކުން ވައްކަންކުރި ފަރާތްތައް ތިބިކަންވެސް މިފަދަ ދުވަހެއްގައި ފާހަގަކުރަންޖެހެއެވެ. 

ހިތާމައަކީ ސުނާމީ ސުނާމީ އާއި ގުޅިގެން ބޮޑުއަގުގައި ޚިދުމަތްތައް ލިބިގަތްކަމަށް ހަދައި ތަކެތި ބޮޑު އަގުގައި ގަތްކަމަށް ހަދައިގެން ކުރި ފަދަ ބޮޑެތި ވައްކަންތައް އެއިގެ 16 އަހަރުފަހުން ކުރިމަތިވި ކޮވިޑާއި ގުޅިގެންވެސް ކުރުމުގެ ފުރުޞަތު ވަގުންނަށް ލިބިގެންދިއަކަމެވެ. އެކަމަށް މަގުފަހިވާނެ ގޮތަށް ޤާނޫނުތައް ހުރިކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް