އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑަށްފަހު ހައްޖާއި ޢުމުރާގެ އަގުބޮޑުވާނެތީ ކަންބޮޑުނުވޭ! ފައިސާ ޚަރަދުނުކޮށް ޘަވާބު ލިބިގަންނަމުންދެވޭނެ މަގު މިއޮތީ!

ކޮވިޑަށްފަހު ހައްޖާއި ޢުމުރާގެ އަގުބޮޑުވާނެތީ ކަންބޮޑުނުވޭ! ފައިސާ ޚަރަދުނުކޮށް ޘަވާބު ލިބިގަންނަމުންދެވޭނެ މަގު މިއޮތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ކޮވިޑްފެށުމާއިއެކު ޙައްޖާއިޮ އުމުރާވުމުގެ ފުރުޞަތުތަކަށް މިވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. ފްލައިޓް ޓިކެޓް އަގު އުފުލިގެންދާނެތީވެސް އަގުތައް ބޮޑުވާނެއެވެ. ބަސްފަދަ އުލަނދުތަކުގައި މީހުން އުފުލޭނެ އަދަދު މަދުވުން ފަދަ އެތައްކަމަކީ ޚިދުމަތުގެ ބޭނުން ހިފާމީހުންގެ އަދަދުމަދުވުމުން އަގު އުފުލިގެންދާނެ ކަންކަމެވެ. 

ހައްޖާއި އުމުރާވުމަށް މުސްލިމުން އަބަދުވެސް ލޯބިކުރެއެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން މިދިއަ އަހަރުގެ ރަމަޟާން މަހު ޢުމުރާވުމުގ ފުރުޞަތެއް ނުލިބެއެވެ. މިއަހަރުގެ ރަމަޟާންމަސް ކައިރިވަމުން އަންނަނީއެވެ. ރަމަޟާން މަސް ލައިގަތުމުން އުމުރާ ވުމުގެ ދަހިވެތިކަން އިތުރުވެއެވެ. ޚާއްޞަކޮށް ފަހު ދިހައިގައި ދަހިވެތިކަން އިތުރަށް އިތުރުވެގެންދެއެވެ. 

މިކަމުގައި އަބަދުވެސް އެނަމެ ބޮޑަށް ކަންބޮޑުވަނީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން ޢުމުރާވުމަށް ނުދެވޭ މީހުންނެވެ. ކޮވިޑއި ގުޅިގެން މިއަހަރު އަގުތައް އުފުލޭނެވަރެއްވެސް ނުއެނގޭތީއެވެ. 

ދެރަނުވާށެވެ! ކަންބޮޑުނުވާށެވެ! އަތުގައި ފައިސާ ނެތް މީހުންނޭވެ.! ޖާގަ ނުލިބިގެން ނުދެވިދާނެ މީހުންނޭވެ!  މުސްލިމުންގެ ކަލާނގެ، ﷲ ތަޢާލާއީ މިފަދަ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފައިސާ ނެތް މީހުން އުޅޭކަމާއި އެމީހުންނަށްވެސް ނިޢްމަތްތައް ބޭނުންވާނެކަން ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. 

ވީމާ ޖަމާއަތުގައި ފަތިސް ނަމާދުކޮށްލާށެވެ. އަދި ކީރިތި ޤްރްއާން ކިޔެވުން، ޛިކްރް ފަދަ އަޅުކަމެއްގައި އިރު އަރަންދެން މަޑުކޮށްލާށެވެ. އިރު ބަމައަކަށް އެރުމުން، މިހާރުގެ ގޮތުން ބުނާނަމަ އިރު އަރައި 15 މިނިޓް ވުމުން ޟުޙާ ނަމާދުކޮށްލާށެވެ. އެއިރުން ތިބާއަށް ލިބިގެން އެދިއައީ ޙައްޖަކާއި ޢުމްރާއެއްގެ ސަވާބެވެ. އަތުން ހަމަ އެންމެ ރުފިޔާއެއްވެސް ޚަރަދު ނުކޮށެވެ. 

Al-Tirmidhi narrated that Anas ibn Maalik (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “Whoever prays Fajr in congregation then sits remembering Allaah until the sun rises, then prays two rak’ahs, will have a reward like that of Hajj and ‘Umrah.” He said: The Messenger of Allaah (peace and blessings of Allaah be upon him) said: “In full, in full, in full.”  

This hadeeth was classed as hasan by al-Albaani in Saheeh al-Tirmidhi. 

ހިތާމަކުރަންވީ އަތުގައި އުމުރާވާނެ ފައިސާ ނެތިގެނެއް ނޫންތޯއެވެ! އެންމެ ރުފިޔާއެއް ޚަރަދު ނުކޮށްވެސް ޙައްޖަކާއި އުމުރާއެއްގެ ސަވާބު މިހައި ފަސޭހައިން ލިބޭނެ ގޮތް މިންވަރު ކުރެއްވެވުމުން އެ ފުރުޞަތުގެ ބޭނުން ހިފާ މީހުންގެ އަދަދު މަދުކަމުން ނޫންތޯއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


11%
ވ.ރަނގަޅު
11%
ރަނގަޅު
44%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް