އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވޭ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރުމަކީ ރިޒްޤް ތަނަވަސްވާކަމެއް!: ޝައިޚް އަބޫބަކުރު ޒައުދު

ދެވޭ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރުމަކީ ރިޒްޤް ތަނަވަސްވާކަމެއް!: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ޞާލިޙްގެފާނުގެ ޤައުމުގެ މީހުންނަށް އެކަލޭގެފާނު ގޮވައިލެއްވެވި ގޮވައިލެއްވެވުން ޤަބޫލުނުކުރުމުގެ ސަބަބުން ކޯފާ ފޮނުއްވެވުމުން މީސްތަކުން މަރުވެގެން ބިންމައްޗަށް ވެއްޓިފައި ތިބިތަން ފެނިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. "ތިއަބައިމީހުންނަށް ތިމަންކަލޭގެފާނު ނަޞޭޙަތް ދެއްވެވީމެވެ. ތިއަބައިމީހުން ޤަބޫނުކުރީއެވެ. 

ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. 

"މީސްތަކުންނަށް ހެޔޮ ނަޞޭޙަތް ނުދޭނަމަ އެބައެއްގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނުވެއެވެ. އަދި ދެވޭ ހެޔޮ ނަޞޭހަތް ޤަބޫލުނުކުރާނަމަ އެމީހާގެ ކިބައިގައިވެސް އެއްވެސް ހެޔޮކަމެއް ނުވެއެވެ." 

ޢުމަރުގެފާނުގެ މިބަސްފުޅުގެ މާނައަކީ ހެޔޮކަންކަމަށް ނަޞޭޙަތްދޭންޖެހޭނެ ކަމާއި ނަޞޭޙަތް ޤަބޫލުކުރަންވެސް ޖެހޭނެކަމެވެ. އެހެން ނޫންނަމަ އެބައެއްގެ ކިބައިން ހެޔޮކަން ނެތިގެން ހިނގައިދާނެކަމެވެ. މުޖުތަމައުގެ ކަންކަން އިޞްލާޙްވެ މީސްތަކުން ހެޔޮ ޢަމަލުކުރަމުން ގެންދާނީ އެބައެއްގެ ތެރޭގައި ނަޞޭހަތްދިނުމާއި ނަޞޭޙަތް ޤަބޫލުކުރުން އޮތްވަރެއްގެ މައްޗަށް ކަމެވެ.

މުޅި އިސްލާމްދީން ބިނާވެގެންވަނީ ނަޞޭޙަތުގެ މައްޗަށެވެ. "ދީނަކީ ނަޞޭޙަތް" ކަމަށް ރަސުލް ޙަދީޘްފުޅުކުރައްވަވާފައި އޮތުމުން އެކަން އެނގިގެންދެއެވެ. 

ވީމާ ނަޞޭޙަތްދޭންވީ ވަކިމީހަކު ވަކިމީހަކަށް ނޫނެވެ. އެންމެން އެންމެންނަށެވެ. ފިރިމީހާ އަނބިދަރިންނަށެވެ. އަނބިން ފިރިމީހާއަށެވެ. ދަރިން މައިންބަފައިންނަށެވެ. ވީމާ އެއްވެސް މީހަކު ދީނުގައިވާ ކަންކަމަށް ނަޞޭޙަތް ދީފިނަމަ ޤަބޫލުކުރަންވާނެއެވެ. ޤަބޫލުކުރުމަކީ އަޑުއަހައި ޢަމަލުކުރުމެވެ.

ނެޞޭޙަތަކީ ރިޒްޤް ކަމަށް ބުނެވެއެވެ. އެއީ މީސްތަކުން އިޞްލާޙްވާނީ ނަޞޭޙަތްދީގެންކަމަށްވެފައި ދެވޭ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުތައް އިޞްލާޙްކުރުމުން އެމީހަކަށް، އެބައަކަށް ﷲ ތައާލާ ރިޒްޤްތަނަވަސްކުރައްވަވައި ދެއްވަވާތީއެވެ.

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް