އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ހަސަދައާ އެސްފީނާއިން އަދި ސިހުރުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

ދަރިން ހަސަދައާ އެސްފީނާއިން އަދި ސިހުރުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ކުއްޖާ އުފަންވީންސުރެ އެންމެ ބޮޑަށް މަސައްކަތްކުރަންވީ ޝައިޠޯނާގެ ކިބައިންނާއި މީސްތަކުންގެ ހަސަދަ އާއި އެސްފީނާއިން އަދި ސިހުރުހަދާ މީހުންގެ ސިހުރުން ސަލާމަތްކުރުމަށެވެ. ވީމާ އެކަމަށް އެދި ދުޢާކުރަމުން ގެންދާށެވެ! 

ދުޢާކުރަންވީ ހަމައެކަނި ކަމެއް ކުރިމަތިވުމަކުންނޫނެވެ. އަބަދުވެސް ދުޢާކުރަންވާނެއެވެ!  

ޔާ ﷲ! އިނބަ ﷲ އީ އަލްކަބީރް، އެންމެ މަތިވެރިވަންތަކަން ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އިނބަރަސްކަލާނގެއީ "އަލްވަކީލް" އެވެ. މިއަޅާ އާއި މިއަޅާގެ ދަރިންގެ ހުރިހާ ކަންކަން ވަކީލްކުރަނީ ހަމައެކަނި އިނބަރަސްކަލާނގެއަށެވެ. މިއަޅާގެ ދަރިންނަށް ހަސަދަވެރިވާ މީހުންގެ ހަސަދަ އާއި އެސްފީނާއިން އަދި ސިހުރުން މިއަޅާގެ ދަރިން ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ!

އަދި މިއަޅާގެ ދަރިންގެ ހިތްތައް ޝައިޠޯނާގެ ކިބައިން ޠޯހިރުކުރައްވަވައި ދެއްވަވައި އިނބަ ﷲ ގެ ދީންމަތީގައި މިއަޅާގެ ދަރިން ސާބިތުކުރައްވަވައިދެއްވަވާނދޭވެ!" އާމީން

ތިމާ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ޚާއްޞަކޮށް ސިހުރުން ސަލާމަތްވުމަށް ކިޔަން އޮތް 11 ޢާޔަތްކިޔަވަންވާނެއެވެ. އެއީ އަލްފަލަޤް ސޫރަތާއި އަލްއިޚްލާޞް ސޫރަތެވެ. އެއިގެ އިތުރުން އާޔަތުލްކުރުސި އާއި އިޚްލާޞް ސޫރަތް ކިޔަމުން ގެންދާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް