އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިން ގޭގައި ތިބެ ތިބާއަށް އިންތިޒާރުކުރާކަން ހަނދާން ނުކުރުމަކީވެސް ފާފައެކެވެ!: މުފްތީ މެންކް

އަނބިން ގޭގައި ތިބެ ތިބާއަށް އިންތިޒާރުކުރާކަން ހަނދާން ނުކުރުމަކީވެސް ފާފައެކެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މިހާރަކަށް އައިސް ގިނަ ޢަދަދެއްގެ ފިރިހެނުން ރޭގަނޑު ގެއިން ބޭރުގައި ވަގުތުތައް ހޭދަކުރާއިރު ގޭގައި ތިބެ އެމީހުންގެ އަނބިން އެމީހުންނަށް އިންތިޒާރުކުރާކަންވެސް ހަނދާނެއް ނުކުރެއެވެ.

ރަނގަޅަށް އަޑުއަހާށެވެ! މިހެން މިބުނަނީ ވަރަށް ސާބިތުކަމާއިއެކުގައެވެ. ގެއިން ބޭރުގައި ވަގުތުތައް ހޭދަކުރާއިރު ތިމާމެންގެ އަނބިން ގޭގައި ތިބެގެން ތިމާމެންނަށް އިންތިޒާރުކުރާކަން ހަނދާން ނުކުރުމަކީ ފާފައެކެވެ. ޢަޛާބު ދެއްވަވާނެ ފާފައެކެވެ. 

އަނބިންނާއިއެކު ރޭކޮށް އަނބިން ހިތްހަމަޖައްސައިދިނުމަކީ ކުރެވޭ ޞަދަޤާތެއް ކަމަށް ރަސޫލް ﷺ ޙަދީޘްކުރެއްވެވުމުން  ޞަޙާބީން ހައިރާންވެވަޑައިގެން އެއީވެސް ހަމަ ޞަދަޤާތެއްކަމާއިމެދު ސުވާލު އުފެއްދެވިހިނދު ރަސޫލް ﷺ ޙަދީޘްފުޅުކުރެއްވެވީ މިފަދައިންނެވެ. "ޙަރާމް ގޮތުގައި ކަމެއްކުރުމުން ޢަޛާބު ދެއްވަވާއިރު ޙަލާލް ގޮތުގައި ކަމެއް ކުރުމުން ޘަވާބު ދެއްވަވާނެ" ކަމަށެވެ. 

މިއަދު މީސްތަކުން މިކުރާކަމަކީ ރަސޫލް ﷺ ގެ ނަންފުޅު އަޑުއިވުމުން ވަރަށް ބާރަށް ﷺ ކިޔުމެވެ. މީސްތަކުންނޭވެ! އެވަރަކުން ނުފުދޭނެއެވެ. ސުންނަތަށް ޢަމަލުކުރަންޖެހޭނެއެވެ. ޙަދީޘްފުޅުތަކަށް ޢަމަލުކުރަންޖެހޭނެއެވެ. 

ނިދާފައި ނުހޭލެވުން ފަދަ ކަމަކާއި ގުޅިގެން ނުވަތަ ތިމާ ވަރުބަލިވެގެން ތަހައްޖުދު ނަމާދު ނުކުރުމަށް ޢުޒުރުވެރިވެވިދާނެއެވެ. ނަމަވެސް ތިމާގެ ކިބައިން އުފާވެރިކަމަށް އުންމީދުކޮށްގެން ތިބި އަނބިންގެ ބޭނުންތައް ފުއްދައި ނުދިނުމަށް ވަރުބަލިކަން ފަދަ ސަބަބުތައް އުޒުރެއްގެ ގޮތަކު ނުދެއްކާނެއެވެ. އކަނބަލުންގެ ބޭނުންތައް ފުއްދައި ނުދިނުމުން ފާފަވެރިވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް