އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތައުބާވުމަށް އަވަސްވެގަންނަ މީހާ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ!: މުފްތީ މެންކް

ތައުބާވުމަށް އަވަސްވެގަންނަ މީހާ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އިޚްލާޞްތެރިކަމާއެކު މީހަކު ތައުބާވެއްޖެ ނަމަ އެމީހަކު ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ. އެމީހަކަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާ ކޖުރައްވަވާނެތެވެ. އެމީހަކަށް ސާބިތުކަން ދެއްވެވުން އެދިވަޑައިގެންވެސް ދުޢާ ކުރައްވަވާނެތެވެ. 

މީހަކު ތައުބާވެ އެގޮތުގައި ސާބިތުވާން މަސައްކަތްކުރާނަމަ އެމީހަކަށް ސުވަރުގެ ދެއްވެވުން އެދިވަޑައިގެން މަލާއިކަތްބޭކަލުން ދުޢާކުރައްވަވާނެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. މަލާއިކަތް ބޭކަލުން ދަންނަވާނެތެވެ! "ޔާ ﷲ! މިވެނި މީހަކަށް ސުވަރުގެ ދެއްވަވާނދޭވެ! އޭނާއަށް ހެޔޮ ރަޙްމަތް ލައްވަވާނދޭވެ! އޭނާ ނަރަކައިން ސަލާމަތްކުރައްވަވާނދޭވެ!" ވީއިރު އެހިސާބުން އެމީހަކަށް އެވަނީ ހުރިހައި ކާމިޔާބީތަކެއް ލިބިފައި ނޫން ހެއްޔެވެ؟

މާޒީގައި ފާފަކުރެވިފައިވާ ބައެއް މީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ އެމީހުން ތައުބާވުމުންވެސް މީސްތަކުން އެމީހުން ބަލައިނުގެންފާނެތީއެވެ. އެމީހުންނަށް އެހީތެރި ނުވެދާނެތީއެވެ. އެކަމާއިމެދު އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކު ތައުބާވެ އެގޮތުގައި ސާބިތުވެ ހުންނަން މީހަކު މަސައްކަތް ފެށުމާއިއެކު މަލާއިކަތްބޭކަލުން ތިއްބަވާނީ އެމީހަކާއިއެކުގައެވެ. އެމީހަކަސް ހެޔޮ ދުޢާ ކުރެއްވެވުންމަތީގައެވެ! ވީއިރު މީހަކު ނުވަތަ ބައަކު އަޅައިނުލާފާނެތީ ނުވަތަ ބަލައިނުގެންފާނެތީ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ 

މީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ލިބޭ ފައިދާތަކާއިމެދު ފުރިހަމައަށް ވިސްނައިލެވޭނަމަ ކޮންމެ މީހަކުވެސް ގިނަގިނައިން ތައުބާވާނެއެވެ! އަދި އެއްވެސް ފާފައެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް