އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާއިން އުފެއްދި ސިނޮވެކް ކޮވިޑް ވެކްސިން ޙަލާލުކަމަށް އިންޑޮނޭސިއާއިން ކަނޑައަޅައިފި

ޗައިނާއިން އުފެއްދި ސިނޮވެކް ކޮވިޑް ވެކްސިން ޙަލާލުކަމަށް އިންޑޮނޭސިއާއިން ކަނޑައަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

ކޮވިޑް 19 އިން ރައްކައުތެރިވުމަށް ޗައިނާއިން އުފެއްދި ސިނޮވިކް ކޮވިޑް ވެކްސިން ޙަލާލުކަމަށް އިންޑޮނޭސިއާގެ ދީނީ ޢިލްމްވެރިންގެ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފި އެވެ. އަދި އަންނަ ބުދަ ދުވަހު ވެކްސިން ދޭން ފަށަންވެސް ވަނީ ނިންމައިފައެވެ. 

ހުކުރު ދުވަހު ވަނީ ވެކްސިން ޙަލާލްކަމަށް ކަނޑައަޅައި ހަލާލް ސެޓުފިކެޓްވެސް ދޫކޮށްފައެވެ. ހުކުރު ދުވަހުވެސް 10،617 މީހަކު އެ ޤައުމުގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. 

އިންޑޮނޭސިއާއިން މިހައިތަނަށްވަނީ 3 މިލިއަން ވެކްސިން ހޯދައި 1.2 މިލިއަން ވެކްސިން ވަނީ 34 ޕްރޮވިންސަށް ފޮނުވައިފައެވެ. ފުރތަމަ އިސްކަން ދީފައިވަނީ މަސައްކަތްކުރާ އުމުރު 18 އަަހރުން 59 އަހަރަށް ވެކްސިން ދިނުމަށެވެ. އެހެންކަމުން އުމުރުން 77 އަހަރުގެ ރައީސަށް ވެކްސިން ލިބިވަޑައެއް ނުގަންނަވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް