އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން ޗައިނާގެ އެގްޒިމް ބޭންކުން ތައްޔާރަށް އޮތްކަން ފާހަގަކޮށްފި

ރާއްޖެއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން ޗައިނާގެ އެގްޒިމް ބޭންކުން ތައްޔާރަށް އޮތްކަން ފާހަގަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ރާއްޖެއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން ޗައިނާގެ އެގްޒިމް ބޭންކުން ތައްޔާރަށް އޮތްކަން ފާހަގަކުރެއްވިއެވެ.

ޗައިނާގެ އެގްޒިމް ބޭންކުން މިކަން ހާމަކުރެއްވީ، އެ ބޭންކުގެ ރައީސް ރެން ޝެންގްޖުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ އެގްޒިމް ބޭންކުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ތާރީޚީ ގުޅުމާއި، އެއް ޤައުމުން އަނެއް ޤައުމަށް ދެމުންދާ އެއްބާރުލުމާއި ކުރާ އިޙްތިރާމްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން ވަރަށް ކުރީކޮޅު ބައިވެރިވެފައިވާކަން ފާހަގަކުރައްވައި، ރާއްޖެއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން ޗައިނާގެ އެގްޒިމް ބޭންކުން ތައްޔާރަށް އޮތްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޗައިނާގެ އޮފީސް ފޮރ އިންޓަރނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ މޭޖަރ ޖެނެރަލް މިސްޓަރ ޖާންގ ބާއޯޗުން، ވަނީ ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން އަންނަ އެހީތެރިކަމާ އެއްބާރުލެއްވުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ މޭޖަރ ޖެނެރަލް ޖަންގ ބޮއާގުން ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އިސްތިރާތީޖީގޮތުން ގުޅުންތައް ބަދަހިކުރުމާއި އަދި ދެޤައުމުގެ ގުޅުން ދިފާއީ ދާއިރާއިން އިތުރަށް ހަރުދަނާކުރެއްވުމަށް މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ކުރިމަގުގައި ދެ ގައުމު އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު