އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލީ ދަތިކަމުން އަރައިނުގަނެވޭނަމަ މިމަގުން ނިކަން މަސައްކަތްކޮށްލަބަލާށެވެ!

މާލީ ދަތިކަމުން އަރައިނުގަނެވޭނަމަ މިމަގުން ނިކަން މަސައްކަތްކޮށްލަބަލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ދިރިއުޅުމުގައި އެއްޒާތެއްގެ މައްސަލަތައް ގިނަގިނައިން ކުރިމަތިވާނަމަ އެކަމުން އަންގައިދެނީ ތިބާއަށް ޢަމަލުކުރެވޭ ގޮތުގައި މައްސަލައެއް އެބަހުރިކަމެވެ. އެމައްސަލައިން ސަލާމަތްވާން ކުރަންޖެހޭ ކަންކަން ފުރިހަމަނުކުރެވޭ ކަމެވެ. ކުރިމަތިވި މައްސަލަ މުލުން ލުހެލުމުގައި ފަރުވާކުޑަކުރެވޭ ކަމެވެ. 

މިސާލަކަށް އަބަދުވެސް މާލީ ދަތިކަމުގައި އުޅެންޖެހިފައިވާ ގިނަ މީހުންނަށް އެހާލުގައި އުޅެންޖެހެނީ ލިބޭ އާމްދަނީއަށް ނިޞްބަތްކޮށްގެން ޚަރަދުތައް ކުރުމުގައި އިހްމާލްވެވޭތީއެވެ. ކިތަންމެ ބޭނުންވިނަމަވެސް ކޮންމެ މީހަކަށްވެސް ޚަރަދުތައް ކުރެވޭނީ ލިބޭވަރަކުންނެވެ. ވީމާ މާލީ ދަތިކަމުން އަރައިގަތުމަށް އޮންނާނެ އެންމެ ބޮޑު ޙައްލަކީ ޚަރަދުތައް ކުޑަކޮށް ލިބޭ އާމްދަނީއަށް ބަރޯސާވުމެވެ. 

ދެވަނައަށް ކުރަންޖެހޭނެ ކަމަކީ އިތުރު ޢާމްދަނީ ހޯދަން މަސައްކަތްކުރުމެވެ. ހީވާގިވުމެވެ. އާމްދަނީ އިތުރުކުރެވިދާނެ ގޮތްތަކަށް ވިސްނައި އާމްދަނީ އިތުރުކުރެވިދާނެ އިތުރު މަގުތައް ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. 

ހަމައެފަދައިން ތިމާއަށް އަބަދު ފާފަކުރެވޭނަމަ އެއީވެސް ވިސްނައިލަންޖެހޭނެ ކަމެކެވެ. ފާފަކުރެވުމަކީ ދިރިއުޅުމުގެ ހުރިހާ ކަންކަމަށް ހުރަސްއެޅިގެންދާ ކަމެކެވެ. ޚާޢްޞަކޮށް ރިޒުޤަށް ހުރަސް އެޅޭކަމެކެވެ. ވީމާ އަތްމަތި ތަނަވަސްވުމަށް އެދޭމީހާ ފާފަތައް ކުރުމުން ދުރުހެލިވާންޖެހޭނެއެވެ. 

 

މާލީ ދަތިކަމުގައި އުޅެންޖެހޭނަމަ އިތުރަށް ސަމލުކަންދޭންޖެހޭ އަނެއްކަމަކީ އެމީހާގެ ހިތްޠޯހރުކުރުމެވެ. ޚާއްޞަކޮށް ހަސަދަވެރިކަމުން ހިތް ޠޯހިރުކުރުމެވެ. ޚާއްޞަކޮށް ޢާއިލީ ގުޅުން ދަމަހައްޓަންޖެހޭ ފަރާތްތަކާއިމެދުގައެވެ. 

 

ތިބާއަކީ އަތްމަތިދަތި ޙާލުގައި ދިރިއުޅެންޖެހިފައިވާ މީހެއްނަމަ ތަޤްވާވެރިކަމުގައި ސާބިތުވެހުރެ ﷲ ތަޢަލާއަސް ދުޢާކުރަމުން މިބުނި ކަންކަމަށް ނިކަން ސަމާލުކަންދީބަލާށެވެ! ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅާއިއެކު ދަތިހާލުން އަރައިގަނެވޭނެއެވެ. ފުދުންތެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް