އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާޖެހިގެން ނަމަވެސް މުސްލިމަކު ބަލިވެއްޖެ އެއީ ރަހްމަތެކެވެ! މަރުވެއްޖެނަމަ އޮތީ ހެޔޮ ދުޢާކުރުމެވެ!: ޝައިޚް އަބޫބަކުރު ޒައުދު

ކޮރޯނާޖެހިގެން ނަމަވެސް މުސްލިމަކު ބަލިވެއްޖެ އެއީ ރަހްމަތެކެވެ! މަރުވެއްޖެނަމަ އޮތީ ހެޔޮ ދުޢާކުރުމެވެ!: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

މިއަދު މުސްލިމުންގެ ތެރޭގައި ހިމެނޭ ބައެއް މީހުންގެ ތެރެއިން މިފެންނަ ބައެއް ކަންކަމަކީ އެއްވެސް ޙާލެއްގައި މުސްލމުންގެ ތެރެއިން ފެނިގެންވާނެ ކަންކަމެއް ނޫނެވެ. ކޮރޯނާ ވައިރަސް ފެތުރެންފަށައި އަހަރުދުވަހަށްވުރެ ގިނަ ދުވަސްވީއިރުވެސް ބަލި ފެތުރުން ނުހުއްޓޭތީ އެއްބައަކު ބަލި ކުށްވެރިކުރަނީއެވެ. އަނެއް ބައަކު ބަލި ފެތުރުނު އަހަރު ކުށްވެރިކުރަނީއެވެ. އަނެއްބައަކު ބަލި ޖެހުނު މީހުންނާއި ބަލީގައި މަރުވި މީހުން ކުށްވެރިކުރަނީއެވެ. 

މީސްތަކުންނޭވެ! ފުރަތަމަ ކަމަކީ އިންސާނުން އުފެއްދި ވައިރަސްއަކަށްވީނަމަވެސް އަދި ކޮންމ ގޮތަކުން އުފެދުނު ވައިރަސްއަކަށްވީނަމަވެސް އެއްވެސް ވައިރަސްއަކީ އެއިގެ އަމިއްލަ ޒާތުގައި އެއްވެސް ބާރެއް ފޯރުވޭނެ އެއްޗެއް ނޫނެވެ. އެއްވެސް މީހަކަށް އެއިގެ ސަބަބުން އެއްވެސް ބައްޔެވެސް ނުޖެއްސުވޭނެއެވެ. ބަލިވާނީވެސް ބަލިނުވެ ހުންނާނީވެސް ބޮޑުވަރުވާނީވެސް ބަލިން ސަލާމަތްވާނީވެސް އަދި ބަލީގައި މަރުވާނީވެސް ﷲ ތަޢާލާ އެކަމެއް އޮގޮތަށް ވުމަށް މާކުރިން ލިޔުއްވަވާފަިވާ މީހުންނެވެ. ވީމާ އެއްވެސް ވައިރަސްއެއް، ނުވަތަ ބައްޔެއް ކުށްވެރި ނުކުރެވޭނެއެވެ. 

ވަގުތަކީ ﷲ ތަޢާލާގެ މަޚްލޫޤެކެވެ. ކޮންމެ ކަމެއްވެސް ވާނީ ނުވަތަ ހިނގާނީ ﷲ ތަޢާލާ އެކަމަކަށް ކަނޑައަޅުއްވަވާ ވަގުތުގައެވެ. އެއީ އެއްވެސް މީހަކަށް އެއްވެސް ބާރެއް ހިންގޭނެ ކަމެއް ނޫނެވެ. ވީއިރު 2020 އަށް ކޮރޯނާ ފަތުރަން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ 

ދެން ކޮންމެ ބައްޔަކީވެސް އެކަމެއްގެ ސަބަބުން އެމީހާގެ ފާފަތައް ފުއްސަވައިދެއްވަވާ ކަމެކެވެ. ވީމާ ކޮރޯނާ ޖެހިގެން ޙާލުގައި އުޅެންޖެހުނު ކޮންމެ މުސްލިމަކަށް އެއީ ވަރަށް ބޮޑު ރަޙްމަތެކެވެ. އެކަމުގެ ސަބަބުން ﷲ ތައާލާ ރުހިވޮޑިގަންނަވާ ވަރަކަށް އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތީއެވެ! 

ދެން ބަލައިލަންވީ ކޮރޯނާ ވައިރަސްޖެހިގެން މަރުވާ މީހުންނަށެވެ. އެއްވެސް މީހެއްގެ ފުރާނަ ހިފުމުގެ ބާރު އެއްވެސް ވައިރަސްއަކަށް ނުވަތަ ބަލިމަޑުކަމަކަށް ދެއްވަވާފައެއް ނުވެއެވެ. އެކަން އަވަސްކުރުމާއި ލަސްކުރުމުގެ ބާރުވެސް ދެއްވަވާފައެއް ނުވެއެވެ. ކޮރޯނާ ޖެހިގެން މަރުވި މީހުންވެސް އެ މަރުވީ އެމީހުން މަރުވުމަށް އެމީހުން އުފަންވުމުގެ ކުރިން މާކުރިން ﷲ ތަޢާލާގެ ޙަޟްރަތުގައި ލުޔުއްވިގެންވާ ގޮތަށް އެކަމުގެ ވަގުތުގައެވެ.

އެއްވެސް މީހެއްގެ ފުރާނަ ކޮރޯނާއަކަށް ނުހިފެނެއެވެ. ކައްވަޅަށް ފޮނުވައެއްވެސް ނުލެވޭނެއެވެ. ވީމާ ކޮރޯނާޖެހިގެން މީހަކު މަރުވުމުން އެއްވެސް މީހަކާއިމެދު ނުބައި ގޮތްގޮތަށް ހީނުކުރާށެވެ! 

މުސްލިމުން ކުރަންވީ އެންމެ ކަމެކެވެ. ތަޤްވާވެރިކަމުގައި ސާބިތުވެ ތިބުމެވެ. އެއްވެސް ބައްޔެއް ނުޖެހުނު ނަމަވެސް ކޮންމެ ވަގުތަކު ކޮން މީހަކުވެސް މަރުވެދާނެކަމަށް ތައްޔާރަށް ތިބުމެވެ. އެއިރުން ކޮންމެ ބައްޔެއް ޖެހި އެމީހާގެ ގައިގައި ކިތަންމެ ކުޑަކުޑަ ވޭނެއް އެޅިނަމަވެސް އެންމެ ކުޑަމިނުން ހިނގަނިކޮށް ގަހަކުން ކަށްޓެއް ހެރުނުނަމަވެސް އެކަން ވެގެންދާނީ އެމީހާގެ ފާފައެއް  ފުއްސަވައި ދެއްވަވާނެކަމަކަށްކަން އެއޮތް ހަދީޘްފުޅުން ފެނަނާށެވެ! 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް