އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްކޫލްތައް ހުޅުވައި ކިޔަވައިދޭންފެށިތާ ހަފްތާއެއްވީއިރުވެސް ދަރިން ސްކޫލަށް ދާންޖެހޭކަން ނޭނގޭ ބައްޕައިންނަށް އޮތް މުފްތީ މެންކުގެ ބަސްފުޅު!

ސްކޫލްތައް ހުޅުވައި ކިޔަވައިދޭންފެށިތާ ހަފްތާއެއްވީއިރުވެސް ދަރިން ސްކޫލަށް ދާންޖެހޭކަން ނޭނގޭ ބައްޕައިންނަށް އޮތް މުފްތީ މެންކުގެ ބަސްފުޅު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓާލައި ސްކޫލްތައް ބަންދުކުރިކުރުން ނިމުމަކަށް ގެނެސް ސްކޫލްތައް ހުޅުވައި ދަރިވަރުން ސްކޫލްތަކަށް ގެންގޮސްގެން ކިޔަވައިދޭންފެށިތާ ހަފްތާއެއް ވެގެންދިއައިރުވެސް ސްކޫލްތައް ހުޅުވައި ކިޔަވައިދޭކަން އެއްގޮތަކަށްވެސް ނުއެޣޭ ބައްޕައިން ތިބިކަމުގެ ޝަކުވާތައް ދަނީ ލިބެމުންނެވެ.  

ބައެއް މައިން ބުނަނީ ދަރިންގެ ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބޭކަމަށެވެ. ކޮވިޑާއިގުޅިގެން އެންމެންނަށްވެސް މާލީދަތިތައް ކުރިމަތިވެފައިވާ މިފަދަ ޙާލަތެއްގައި ބައްޕައިން އެގޮތަށް ކަންތައް ކުރުމުން ދަރިންނަށް ވަރަށް ނިކަމެތިކަން ލިބޭ ކަމަށެވެ. 

"މިސާލަކަށް ކުރިން ނަމަ ތިމާގެ ކޮންމެވެސް މީހަކު ކޮންމެވެސް އެއްޗެއް ދިއްކޮށްލާނެ! މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެއްގޭގައި އުޅުނު ނަމަވެސް އަނެކާގެ ދަރިފުޅަށް އެހީތެރިވެދެވޭނެ ތަނަވަސްކަމެއް މިއަދަކު ނެތް. އެންމެން މިތިބީ ވަރަށް ދަތިހާލުގަ! މިބުނަނީ އަހަރެމެން ނިކަމެތިންގެ ވާހަކަ. ފައިސާމަތީގަ އުދުހޭ މީހުންގެ ވާހަކައެއް ނޫން!"  

މައިންގެ ޝަކުވާތައް މިފަދައިންހުރިއިރު މިފަދަ މައްސަލަތަކުގައި މުފްތީ މެންކް ފަދަ ބޭފުޅުން ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލައިލަމާތޯއެވެ! 

މުފްތީ މެންކް ވިދާޅުވެފައިވެއެވެ. 

"އަނބިމީހާގެ މައްސަލައެއްގައި ކައިވެނި ރޫޅައިލަން ޖެހިއްޖެ ނަމަ ބައެއް ބައްޕައިންނަށް ޤަބޫލުކުރެވެނީ އެހިސާބުން ދަރިންގެ ކަންކަން ވެސް ބަލަހައްޓަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ހުއްދަކުރާ ގޮތެއް ނޫނެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ކައިވެނި ރޫޅައިލަން ޖެހުނު ނަމަވެސް ދަރިންގެ ޚަރަދުތައް ކުރަން ޖެހޭނީ ބައްޕައަށެވެ. ދަރިންގެ ޒިންމާ އުފުލަން ޖެހޭ އިސް މީހަކީ ބައްޕައެވެ. އެކަންކަން ބައްޕަގެ ކިބައިން ނިގުޅައިގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ކޮށްގެންވާނެ ކަމެއް ވެސް ނޫނެވެ. 

މަންމަގެ ކިބައިގައި ތަނަވަސްކަން ހުރެފައި ޚަރަދުކުރަން ބޭނުންނަމަ މަންމަ ޚަރަދުކުރުމަކީ ތަފާތު މައްސަލައެކެވެ. އެ ޙާލަތުގައިވެސް ދަރިންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމަ ބައްޕައަށެވެ. ވީމާ ދެމަފިރިންވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ﷲ ތައާލާގެ ޙަޟްރަތުގައި ދަރިންގެ ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެތީއެވެ." 

މުފްތީ މެންކުގެ މި ބަސްފުޅުން އެނގިގެންދަނީ ފިރިމީހާ ބޭނުންވެގެން ވަރިކުރިނަމަވެސް އަދި އަނބިމީހާ ބޭނުންވެގެން ވަރިކުރަންޖެހުނު ނަމަވެސް ދަރިންނަށް ޚަރަދުކުރަންޖެހުމުގެ ޒިންމާއިން ބައްޕައިންނަށް ސަލާމްތް ނުވެވޭނެ ކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް