އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިދުމުގެކުރިން ވުޟޫކުރުމުން ލިބޭނެ އެންމެ ބޮޑުފައިދާ!

ނިދުމުގެކުރިން ވުޟޫކުރުމުން ލިބޭނެ އެންމެ ބޮޑުފައިދާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އިންސާނާގެ ފުރާނައާއިމެދު މީސްތަކުންނަށް އެނގޭ ހަމަ އެއްވެސް ކަމެއް ނެތެވެ. ﷲ ތަޢާލާ އަނަގްވައިދެއްވެވި ކަމެއް މެނުވީއެވެ. މިސާލަކަށް ބުނާނަމަ ކޮންމެ މީހެއްގެ ފުރާނަ ވަނީ މާކުރިން އުފައްދަވައިފައެވެ. ނަމަވެސް މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅުގެ ފުރާނައަޅުއްވަވަންދެން އެފުރާނަވާ ތަނެއްގެ މައުލޫމާތު އެއްވެސް މިންވަރަކަށް ލިބިގެނެއް ނުވެއެވެ. 

ހަށިގަނޑާއި ފުރާނަ އެކުވުމަށްފަހު ނިދަން މަޖުބޫރުވެއެވެ. ސައިންސްވެރިންގެ ހޯދުންތަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ކުރިއެރުމުން ތުއްތު ދަރިފުޅު މައިމީހާގެ ބަނޑުގައި އޮންނައިރުވެސް ނިދާކަން އެބައެނގެއެވެ. 

ދުނިޔޭގައި އުޅޭއިރު ނިދީގައި ފުރާނަ އިންސާނާގެ ހަށިގަނޑާއިވަކިވެގެންދެއެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ހުންނަނީ ގުޅިފައެވެ. ނިދާފައި އޮންނަ މީހަކު ހޭލައްވަން އުޅުމުން ނުވަތަ ހަށިގަނޑަށް ކަމެއް ދިމާވުމުން (ނިދީގައި އެމީހެއްގެ ފުރާނަ ހިއްޕަވާފައި ނުވާނަމަ) ހަށިގަނޑުގެ ތެރެއަށް ފުރާނަ ވަދެގަތުމަށް އަވަސްވެގަނެއެވެ. 

ނިދުމުގެކުރިން ވުޟޫކުރުމަކީ ނުވަތަ ވުޟޫކޮށްގެން ނިދުމަކީ ސުންނަތެކެވެ. ވުޟޫމަތީގައި ނިދުމުން އެމީހަކު ނިދީންހޭލެވެންދެން އެމީހަކަށްޓަކައި ހެޔޮދުޢާކުރައްވަވާނެ މަލާއިކަތަކު ލައްވަވައެވެ. އެއިގެ އިތުރުން ނިދީގައި މީހާގެ ފުރާނަ ހިއްޕަވައިފިނަމަ އެމީހަކު މަރުވާނީ ވުޟޫމަތީގައެވެ. މިއީ ޙާޞިލުކުރެވެން އޮތް ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟ ނުހަނު ފަސޭހައިން ޙާޞިލުކުރެވެން އޮތް މިހައި މަތިވެރި ނިޢްމަތެއް ދޫކޮށްނުލާށެވެ! 

މުސްލިމުންނަށް އޮތް އުފާވެރި ޚަބަރަކީ ސުވަރުގޭގައި ނިދުން ނެތްކަމެވެ. އަބަދުވެސް ތިބޭނީ ހޭލައިކަމެވެ. ހަށިގަނޑަށް އެއްވެސް ބާވަތެއްގެ ވަރުބަލިކަމެއް ނުލިބޭނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް