އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުތެމަ ކިތަންމެ ރުޅިއަޔަސް ވަރިކުރެވޭނީ ފިރިހެނުންނަށް! ފިރިހެނުންނަށް ރަނެއް ނުކިޔޭނެ! އެކަން ކުރެވޭނީ އަންހެނުންނަށް!

އުތެމަ ކިތަންމެ ރުޅިއަޔަސް ވަރިކުރެވޭނީ ފިރިހެނުންނަށް! ފިރިހެނުންނަށް ރަނެއް ނުކިޔޭނެ! އެކަން ކުރެވޭނީ އަންހެނުންނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމް ދީނުގެ ޙުކުމްތައް އޮޅުވާލަން ަމސައްކަތްކުރާ އިސްލާމް ދީނުގެ ޢަދުއްވުން ކިތަންމެ ރުޅި އައިނަމަވެސް އިސްލާމް ދީނިގައި މީސްތަކުންނަށް ދެއްވަވާފައިވާ ޙައްޤުތައް އޮޅުވައެއް ނުލެވޭނެއެވެ. ގަޑުބަޑެއްވެސް ނުކުރެވޭނެއެވެ. 

ކައިވެނީގެ ރަން ކިޔުމަކީ ފިރިހެނުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަންކުރެވޭނީ އަނހެނުންނަށެވެ. ފިރިހެނުންނަށް އޮތީ ރަން އަދާކުރުމެވެ. ހަމައެފަދައިން އަނބިީހާއަކަށް ވަރިއެއް ނުކުރެވޭނެއެވެ. ވަރިކުރެވޭނީ ފިރިމީހާއަށެވެ. 

އަނބިންނަށް އޮތީ ވަރިވާން ބޭނުންވެއްޖެނަމަ ކޯޓަށް ގޮސް ވަރިވުމެވެ. ކައިވެނި ރޫޅައިލުމެވެ. އިސްލާމީ ކޯޓެއް ނެތްތަނެއްގައިނަމަ އިސްލާމް ދީނުގެ އިމާމެއްގެ ގާތަށް ގޮސްގެން ވެސް ވަރިވެވިދާނެކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. 

ވީމާ އިސްލާމް ދީނުގައި ބަޔާންވެގެންވާ މިފަދަ ޙައްޤުތަކަކީ އިސްލާމް ދީން ދެކެ ރުޅިއައިސް އުތުރިއަރާ އުތެމައަށް ނުވަތަ އދއަށްވިޔަސް ބަދަލުކުރެވޭނެ ޙައްޤުތަކެއް ނޫނެވެ. 

ޝައިޚް ޒަމްޒަމް ފާރިޝް ރީޓްވީޓްކުރައްވާފައިވާ ޢަބްދުﷲ ޢާޠިފް ޢަލީގެ ޓްވީޓެއްގައި ވެއެވެ. 

އުތެމައިން ކިތަންމެ ރުޅި އަޔަސް، ވަރިކުރުމުގެ ބާރު އިސްލާމީ ޝަރީޢަތުގައި ދެއްވާފައިވަނީ ފިރިމީހާއަށެވެ.  

ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. إنما الطلاق لمن أخذ بالساق (މާނައީ: ) "ހަމަކަށަވަރުން ވަރިކުރުމުގެ ޙައްޤު ލިބިފައިވަނީ ފިރިމީހާއަށެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް