އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރެވިފައިވާ ހުރިހާ ފާތައް ކުރެވުނު އަޅުކަމަށް ބަދަލުކޮށްދެއްވަވާ 2 ޝަރުޠު: މުފްތީ މެންކް

ކުރެވިފައިވާ ހުރިހާ ފާތައް ކުރެވުނު އަޅުކަމަށް ބަދަލުކޮށްދެއްވަވާ 2 ޝަރުޠު: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ކިތަންމެ ގިނަ، ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް އެހުރިހާ ފާތަކަކީ ތިމާއަށް ކުރެވިފައިވާ ހެޔޮ ޢަމަލުތަކަށް ބަދަލުކުރައްވަވައި ދެއްވަވައި ޤިޔާމަތް ދުވަހު އެޢަމަލުތައް މީޒާނުގައި ކިރުއްވަވާއިރު ތިބާކޮށްފައިވާ ހެޔޮ ޢަމަލުތަކާއިއެކު މީޒާނުގެ ހެޔޮކަމުގެ ކޮޅުގައި ކިރައިލުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ. 

އެ މަތިވެރި ނިޢްމަތް ދެއްވެވުމަށް އޮތީ އެންމެ 2 ޝަރުތެކެވެ.

1 އެމީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާބާވުން 

2 ތައުބާވުމަށްފަހު ކުރިން ކުރި ފާފައެއް ނުކޮށް ސާބިތުކަންމަތީގައި ހުރުން 

ކިތަންމެ ގިނައިން ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވާ މީހަކު ނަމަވެސް މި ދެ ޝަރުޠޫ ފުރިހަމަކޮށްފިނަމަ މީޒާނުގައި އެމީހަކަށް އެއިގެކުރިން ކުރެވިފައިވާ ހުރިހާ ފާފަތަކެއް އެއީ އެމީހާ ކުރި ހެޔޮ ޢަމަލުތަކަށް ބަދަލުކުރައްވަވައި ދެއްވަވާނެތެވެ! ނަމާދާއި ރޯދައާއި ޙައްޖުވުން ފަދަ އަޅުކަންތަކަށެވެ. އެ ޢަމަލުތައް މީޒާނުގައި ކިރުއްވަވާނީ ތިބާކުޅަ އެންމެ ހެޔޮ ޢަމަލުތަކާއިއެކުގައެވެ. މީޒާނުގައި ހެޔޮ ޢަމަލުތައް ލައްވަވައިދެއްވާ ކޮޅަށް ލައްވަވައި ދެއްވަވައިގެންނެވެ. 

ﷲ ތައާލާގެ ދީލަތިވަންތަކަން ނިކަން ދެކިބަލާށެވެ! މީސްތަކުން ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވެއްދެވުމަށް ލޯބިވެވޮޑިގަންނަވާމިނަވްރު ނިކަންދެކިބަލާށެވެ! އެފާފަތަކަކީ ފާހިޝް ޢަމަލުތަކާއި ޒިނޭކުރުމާއި ބަނގުރާ ބުއިން ފަދަ ބޮޑެތި ފާފަތައް ނަމަވެސް އެބަދަލުކުރައްވަވައި ދެއްވަވަނީ އެމީހަކު ކުޅަ ހެޔޮ ޢަމަލުތަކަށެވެ. 

މިމަތިވެރި ނިޢްމަތަށް އެދޭ މީހާއަށް އޮތީ ކުރިން މިބަޔާންކުރި 2 ޝަރުޠު ފުރިހަމަކުރުމެވެ. އެއީ އިޚްލާޞްތެރިކަމާއިއެކު ތައުބާބާވުމާއި ތައުބާވުމަށްފަހު ކުރިން ކުރި ފާފައެއް ނުކޮށް ސާބިތުކަންމަތީގައި ހުރުމެވެ. އިތުރަށް ފާފަނުކުރުމެވެ. ވީމާ މިހާރުން މިހާރަށްވެސް މި ދެ ޝަރުޠު ފުރިހަމަކުރަން އަވަސްވެގަތުމަށް އެންމެހައި ީސްތަކުންނަށް އިލްތިމާސްކުރަމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް