އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޑްމިޓްވެފަ އޮތްނަމަވެސް ނަމާދުކުރަންޖެހޭނެ! އެންމެ މުހިންމީ ޝިފާއަށް އެދި ދުޢާކުރުން!

އެޑްމިޓްވެފަ އޮތްނަމަވެސް ނަމާދުކުރަންޖެހޭނެ! އެންމެ މުހިންމީ ޝިފާއަށް އެދި ދުޢާކުރުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ހޮސްޕިޓަލަކަށް އެޑްމިޓްކުރުމުން ގިނަބައަކު ދެކެނީ އެއީ ނަމާދުއަޅަން ލިބޭ ޢުޒުރެއް ކަމަށެވެ! ނަމަވެސް ޙަޤީޤަތުގައި އެއީ އެއްވެސް ޢުޒުރެއް ނޫނެވެ! ހަމަހޭ ހުރިނަމަ ނަމާދުކުރަންޖެހޭނެއެވެ! 

އެނދުންފައިބައިހުރެގެން ނުކުރެވޭނެނަމަ އެނދުގައި އޮވެގެންވެސް ނަމާދުކުރާށެވެ! ދުޢާކުރާށެވެ! ކޮންމެ ބައްޔަކީ ސީރިއަސް ބައްޔަކަށްނުވެދާނެއެވެ! ނަމަވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެކަން އެއީ އެންމ ބޮޑު ސީރިއަސް ކަންތަކެވެ. ބަލިވެ އުޅެންޖެހުމަކީ މަރުވާން އޮތް ސަބަބެއް ނޫނެވެ! އަދި ގަދަވެހުންނަން ލިބުމަކީ މަރުނުވާނެ ސަބަބެއްވެސް ނޫނެވެ! 

އަހަރެމެންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކިރިޔާ ކަމެއްދިމާވާއިރަށް ފުރަތަމަކަމަކަށްވެސް ނަމާދުއަޅަންފެށޭކަމެވެ. ހީވަނީ ޢުޒުރެއް ނުފެނިގެން ތިބެވޭހެންނެވެ. ހަނދާން ނެތުމާއި ވަގުތުވަދެ ވަގުތު ނިމުނުއިރުވެސް ނިދާފައި އޮވެވުން އަދި ހަމަހޭ ނެތުން (ކޯމާގައި އޮންނަންޖެހުން) ފަދަ ކަންކަން ފިޔަވައި ނަމާދުއެޅޭނެ އެއްވެސް ޢުޒުރެއް ނެތެވެ. 

ބަލިވެ އެޑްމިޓްވާންޖެހުމުން އޮތީ ނަމާދުކުރުމަށް އިތުރަށް ސަމާލުކަންދިނުމެވެ! ނަމާދުކޮށް އަވަސް ޝިފާއަކަށް އެދި ދުޢާކުރުމެވެ! ބަލިފަސޭހަވާނީ ޑޮކްޓަރުންގެ ބޭހަކުން ނޫނެވެ! ބޭހަކީ ސަބަބެކެވެ. ޝިފާލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ! ވީމާ ހަމަހޭހުރިނަމަ ކޮންމެ ޙާލަތެއްގައިވެސް ނަމާދުކުރަމުން ގެންދާށެވެ! ނޫނީ ދާނީ ނަމާދަށް ދަރަމުންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް