އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމެއްގެ ގޮތުގައި އުފަންވިނަމަވެސް އިސްލާމް ދީނުން މައިންބަފައިން ބޭރުކުރުމުން އަލުން އިސްލާމްވި ޒުވާނެއްގެ ބަސްކޮޅެއް

އިސްލާމެއްގެ ގޮތުގައި އުފަންވިނަމަވެސް އިސްލާމް ދީނުން މައިންބަފައިން ބޭރުކުރުމުން އަލުން އިސްލާމްވި ޒުވާނެއްގެ ބަސްކޮޅެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

"އަހަރެން ނިޞްބަތްވަނީ އެމެރިކާގެ ސައުތު ކެރޮލީނާއަށެވެ. އަހަރެން ދުނިޔެއަށް އުފަންވީ މުސްލިމެއްގެ ގޮތުގައެވެ. ނަމަވެސް އުމުރުން އެންމެ 4 އަހަރުގަ އަހަރެންގެ މައިންބަފައިން އަހަރެންނަކީ ކްރިސްޓިއަނަކަށް ހެދިއެވެ. ނަމަވެސް މީގެ 1 އަހަރުކުރިން އަހަރެން މިހުރީ މާތް ﷲ ގެ ދީނަށް (އިސްލާމް ދީނަށް) އެނބުރި އައިހެވެ. 

އަހަރެން އެނބުރި އިސްލާމް ދީނަށް އެނބުރިއައީ ﷲ ތަޢާލާގެ ދީން ފިޔަވައި އެހެން އެއްވެސް ދީނަކުން މީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން ޔަޤީންކުރެވޭތީއެވެ. ﷲ އީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ." 

މިއީ ސައުތު ކޮރޮލީނާގެ ޒުވާނަކު، ކީރިތި ޤުރްއާން މަތިވެރި ކުރަން ކުރިއަށްގެންދިއަ ފަންޑަކަށް އެއިރު އޭނާގެ އަތުގައި އޮތް 50 ޑޮލަރު ހަދިޔާކުރުމަށްފަހު ބުނެފައިވާ ބަސްކޮޅެކެވެ. އެނގެން މިދަނީ ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތާއިމެދު ވިސްނާ މީހަކަށް އިސްލާމް ދީނަށްވުރެ މަތިވެރި ދީނެއް ނެތްކަން ވިސްނޭނެ ކަމެވެ. އިސްލާމް ދީނަސް ރުޖޫޢަވާނެކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް