އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުންވެސް ﷲ އަށްޓަކާ މިސްކިތް ސާފުކުރުން- ސުވަރުގެ ދެއްވަވާނެ މަތިވެރި ޢަމަލެއް: އިން ޝާ ﷲ

އަންހެނުންވެސް ﷲ އަށްޓަކާ މިސްކިތް ސާފުކުރުން- ސުވަރުގެ ދެއްވަވާނެ މަތިވެރި ޢަމަލެއް: އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ރަސޫލް ގެ މިސްކިތްކޮޅު ބަލަހައްޓަން އުޅުނު ކަޅު އަންހެނާގެ ވާހަކައަކީ ހުރިހާ މުސްލިމުންހެން ދަންނަ ވާހަކައަކަށްވެދާނެއެވެ. ނަމަވެސް ފާހަގަކޮށްލަން ބޭނުން ބައެއް ކަންކަން ހުރުމުން ފާހަގަކޮށްލާނަމެވެ. 

އޭނާއަކީ ކަޅު (ބަބުރު) އަންހެނެކެވެ. އޭނާކޮށްއުޅުނު މަސައްކަތަކީ ރަސޫލް ﷺ ގެ މިސްކިތްކޮޅުން ކުނި ނަގައި ސާފުކުރުމެވެ. އޭނާ މަރުވީ ރޭގަނޑުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާއަކީ ވަރަށް އާދައިގެ އަނހެނަކަށްވުމުން އޭނާ މަރުވުމުން ޞަޙާބީން އޭނާ ވަޅުލީ ރަސޫލް (ﷺ) އަށް ނުދަންނަވައެވެ. 

އަނެއް ދުވަހު މިސްކިތުން އޭނާ ފެނިވަޑައިނުގަތުމުން ރަސޫލް ﷺ އޭނާގެ ޚަބަރަކީ ކޮބައިތޯ ޞަޙާބީންނާއި ސުވާލުކުރެއްވެވިއެވެ. ކަންހިނގައިދިއަގޮތުގެ ވާހަކަ ދެންނެވުމުން ހިތްޕުޅުހަމޖެހިވަޑައިނުގެން ހުންނަވައި ރަސޫލް ﷺ އަށް ނުދަންނަވައި ޖަނާޒާގެ ކަންތައް ފުރިހަމަކުރެއްވެވީ ކީއްވެގެންތޯ ސުވާލުކުރެއްވެވިއެވެ. 

އެއަށްފަހު ޞަޙާބީންނާއިއެކު ވަޑައިގެން ޢޭނާގެ މަހާނަ ކައިރީގައި ހުންނަވައި އޭނާގެ މައްޗަށް ގިނިކަންޏާ ކަށުނަމާދުކުރެއްވެވިއެވެ. އެހިސާބުން އެނގިގެން އެދިއައީ އޭނާއަށް ސުވަރުގެ ދެއްވަވާނެ ކަމެވެ. 

ފާހަގަކުރަން ބޭނުންވަނީ: 

- ގައިގެ ކުލަ ދޮންވުމަކުން ލިބޭ މަތިވެރިކަމެއް ނެތްކަމެވެ. ހުރިހާ މަތިވެރިކަމެއް ލިބުންވަނީ ތަްްވާވެރިކަމުންކަމެވެ.

- މިސްކިތް ސާފުކުރުމުގެ މަސައްކަތަކީ އަންހެނުންނަށްވެސް ކުރެވޭނެ މަސައްކަތެއްކަމެވެ. ފިރިހެނުންގެ މިސްކިތް ސާފުކުރުމަކީ ހަމައެކަނި ފިރިހެނުން ކުރަން އޮތް މަސައްކަތެއް ނޫންކަމެވެ. 

- އޭނާގެ ދަރަޖަ އެހައި މަތިވެރިވެގެންއެދިއައީ މިސްކިތް ސާފުކޮށް ބެލެހެއްޓުމުންނެވެ. ވީމާ ﷲ ތަޢާލާއަށްޓަކައި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަކީ މީހަކަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަމެވެ. ސުވަރުގެ ލިބުން އުންމީދުކޮށްގެން ކުރަން އޮތް މަސައްކަތެއްކަމެވެ! 

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް