އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކުވެރިޔާގެ ބައިވެރިޔާ ޖަހައިގަތުމަކީ ކުރެވޭ މޮޅުކަމެއް ނޫނެވެ! މީހަކަށް ކުރެވޭނެ އެންމެ ދަށުދަރަޖައިގެ ޢަމަލެވެ!

އެކުވެރިޔާގެ ބައިވެރިޔާ ޖަހައިގަތުމަކީ ކުރެވޭ މޮޅުކަމެއް ނޫނެވެ! މީހަކަށް ކުރެވޭނެ އެންމެ ދަށުދަރަޖައިގެ ޢަމަލެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ބައެއް މީހުން ވަރަށް ގާތް އެކުވެރިންނަށް ހެދިގެން އެކުގައި އުޅެމުން އެބަ އެކުވެރިޔާގެ ބައިވެރިޔާ ޖަހައިގަނެއެވެ. ތަފާތު އުކުޅުތައް ބޭނުންކޮށްގެންނެވެ. އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން ލިބޭ މައުލޫމާތުގެ ބޭނުން އެންމެ ނުބައި ގޮތުގައި ހިފައިގެންނެވެ. 

މިސާލަކަށް ދެމަފިރިއެއްގެ މެދުގައި އެންމެ ބޮޑަށް މައްސަލަޖެހެނީ މިވެނިކަމަކާއިހުރެކަން އެކުވެރިޔާއަށް އެނގިދާނެއެވެ. ތިމާއަކީ އެކަން މާފުރިހަމައަށް ކޮށްދޭނެ މީހަކަށް ހެދިގެން އަނެކާގެ ސަމާލުކަން ތިމާގެ މައްޗަށް އެބަ ލަންބުވާލައެވެ. އަދި ދެމަފިރިންގެ މެދަށްވަދެގަނެއެވެ. 

ދީނުގައި މިފަދަ ކަންކަން ކުރުމަށް އޮތް ހުކުމަކީ އަނިޔާވެރިވުމުގެ ޙުކެވެ! އެހެން މީހެއްގެ ދިރިއުޅުމަށް އަރައިގަތްކަމުގެ ޙުކުމެވެ. ދީނުގައި އޮތީ މިފަދަ ކަމެއް އެނގިއްޖެނަމަ އެކަން އިޞްލާޙްކޮށް ދެމަފިރިން ލޯބިން ދިރިއުޅުމަށް މަގުފަހިކޮށްދޭން މަސައްކަތްކުރުމެވެ. އެހެންކަމާއިއެކުވެސް ދީނުގައި އޮތްގޮތް އިހަށް ދުރުގައި ބާއްވާށެވެ! މިއީ އިންސާނިއްޔަތު  ކަމެއް ހުރި މީހަކުވެސް ކުރާނެ ކަމެއް ނޫނެވެ. ތިމާގެ ސަބަބުން އެހެން މީހެއްގެ ދިރިއުޅުން ހަލާކުކޮށްލުމަކީ އެއްވެސް ރަޙުމެއް ހުރިމީހަކު ކުރާނެ ކަމެއް ނޫނެވެ.

މިފަދަ ޢަމަލުތައް ކުރަނީ އެންމެ ދަށުދަރަޖައިގެ މީހުންނެވެ. އެމީޙުން ހަމަލާއެދެނީ ފުރަގަހުންނެވެ. ފުރަގަހުން އައިސް ބުރަކަށްޓަށް ވަޅިހަރަނީއެވެ. މީހާ މަރައިލަނީއެވެ. މމިފަދަ ކަންކަން ކުރާ މީހުން އެމަކަރުވެރި ޢަމަލުކުރިއަސްގެންދާއިއރު އުޅޭނީވެސް ވަރަށް ހެޔޮއެދޭކަމަށް ހެދިގެންނެވެ. ވަރަށް ހެވިފައި ހުންނަ ރީތި މޫނެއް ދައްކައިގެންނެވެ. ވީމާ އެފަދަ ޢަމަލުތައް ހިމެނިގެންދާނީ މުނާފިޤުންގެ ޢަމަލުތަކުގެތެރެއިންނެވެ. 

މިފަދަ ކަމެއް މެދުވެރިވެއްޖެނަމަވެސް ހިތާމަނުކުރާށެވެ! އެއްވެސްކަމެއް ﷲ ތަޢާލާއަށް ސިއްރެއް ނުކުރެވޭނެއެވެ. އޭނާއެކުރި ނުބައި ޢަމަލު ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ކެތްތެރިވެ އުފާވެރި މުސްތަޤްބަލެއް ދެއްވެވުން އެދި ދުޢާކުރުނަމަތީގައި ދެމިހުރުމުން ދެއްވަވާ ނިޢްމަތް މާމަތިވެރިވާނެއެވެ. 

ހަމައެއާއިއެކު އަބަދުވެސް ބުނާފަދައިން ދިރިއުޅުމުގެ ހުރިހާ ކަންކަން ހަމައެކަކަށްވެސް ހިއްޞާނުކުރާށެވެ! ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސްމެއެވެ. ހެޔޮއެދޭ އެކުވެރިން ވަރަށް މަދުކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އެއިރުން މިބާވަތުގެ މައްސަލަތައް ކުރިމަތިވުން މަދުވާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް