އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާޚާނާގަ ހުންނައިރު މީހަކަށް ފެނުމަށްވުރެ ޝައިޠޯނާއަށް އަޢުރަ ފެނުމުން ކޮށްފާނެ އުނދަގޫ މާބިރުވެރި!

ފާޚާނާގަ ހުންނައިރު މީހަކަށް ފެނުމަށްވުރެ ޝައިޠޯނާއަށް އަޢުރަ ފެނުމުން ކޮށްފާނެ އުނދަގޫ މާބިރުވެރި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

ކޮނމެ ގެއެއްގައިވެސް ފާޚާނާއަކީ ޝައިޠޯނުންތައް ދިރިއުޅޭ ހާއްޔެވެ. ބަނޑަހަ ޖަހައިގެން ތިބޭ ތަނެވެ. 

ފާޚާނާގަ ހުންނައިރު މީހަކު ބަލައިފާނެތީ އެކަން ނުކުރެވޭނެ ގޮތް އެންމެންވެސް ހަދައެވެ. އަމިއްލަ ކޮޓަރީގައި ހުންނަ ފާޚާނާއަކަށް ވަން ނަމަވެސް އެހެން މީހަކަށް ތިމާ ފާޚާނާގައި އުޅޭއިރު ނުފެންނާނެކަން ކަށަވަރުކުރެއެވެ. ދެމަފިރިން ކަމުގައިވީނަމަވެސް ގިނަ މީހުން އެމީހުން ފާޚާނާގައި އުޅޭއިރު އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ފެންނާކަށް ބޭނުމެއް ނުވާނެއެވެ. 

ނަމަވެސް ހިތާމައަކީ އެބައެއްގެ ކިބައިން އަހަރެމެންނަށް ރައްކައުތެރިކަން އެންމެ ބޮޑަށް ބޭނުންވާ ޖިންނީންނާއި ޝައިޠާނުންގެ ކިބައިން ރައްކައުތެރިކަން ނުހޯދޭ ކަމެވެ. ޖިންނީންނާއި ޝައިޠާނުންނަށް ނުފެންނާނެ ގޮތް ނުހަދާ ކަމެވެ. ގޭތެރޭގައި އުޅޭ ޖިންނީންނާއި ޝައިޠާނުން ޢާންމުގޮތެއްގައި ބަނޑަހަ ޖަހައިގެން ތިބޭނީ ފާޚާނާގައި ކަމަށްވާއިރު ތިމާގެ އަޢުރަ ފެނުމުން ކުރިމަތިވެދާނެކަންކަމުގެ ބިރު މާބޮޑެވެ! އަދި ކޮށްފާނެ އުނދަގޫވެސް މާބިރުވެރިއެވެ. 

ބައެއް މީހުންނަށް އެކަންކަމުގެ އުނދަގޫ ވަރަށް ބޮޑަށް ފޯރައެއްވެ . ސަލާމަތްވާން ރުޤްޔާކުރަންވެސް ޖެހެއެވެ. ވީމާ އެންމެ މުހިންމު ކަމަކީ ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ކުރުމެވެ. ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. 

ފާޚާނާއަށް ވަންނަމުން ޛިކުރުކޮށް ދުޢާކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. ފާޚާނާއަށް ވަންނަމުން ކިޔަން ބަޔާންވެގެންވާ ދުޢާ ކިޔުމުން ﷲ ތައާލާ އެމީހަކު ޖިންނީންނާއި ޝައިޠާނުންނަށް ފޮރުއްވަވައި ދެއްވަވާނެތެވެ. އެއީ ކިޔަން އެހައި އުނދަގޫ ދުޢާއެއްވެސް ނޫނެވެ. ނުހަނު ފަސޭހަ ދުޢާއެކެވެ. 

ފާޚާނާއަށް ވަންނަމުން ކުރާ ދުޢާ:

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ

ކުޑަކުދިން ގޮވައިގެން ފާޚާނާއަށް ވަންނަމަވެސް ދުޢާކިޔަންވާނެއެވެ. ކުޑަކުއްޖަކު އެކަނި ވެއްދި ނަމަވެސް ކިޔަންވާނެއެވެ. ކުއްޖާއަށް ދުޢާ ނުކިޔޭނަމަ މައިންބަފައިން ކިޔާނީއެވެ. އަދި އަވަހަށް ވަންނަންޖެހިގެން ނުކިޔައި ވަދެ ހަޑިވާފަހުން ހަނދާނެ ވެއްޖެނަމަ ހިތުން ކިޔާނީއެވެ. ހިތުން ކީ ނަމަވެސް ފުދޭނެއެވެ. 

ފާޚާނާ އިން ނުކުންނަމުން ކުރާ ދުޢާ:

غُفْرَانَكَ

"ޣުފްރާނަކަ" (މިއަޅާގެ ފާފަ ފުއްސަވައި ދެއްވަވައި ދެއްވާނދޭވެ!) މިދުޢާ ކުރަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަރެމެންނަކީ އަބަދުވެސް ﷲ ތަޢާލާއަށް ޛިކްރުކުރުންމަތީގައި ތިބެން ޖެހޭ ބައަކަށްވެފައި ފާޚާނާގައި ހުންނައިރު ޛިކްރު ނުކުރެވޭތީއެވެ. 

ފާޚާނާއަށް ވަންނައިރު އިސްކުރާނީ ވައަތުފައެވެ. ނުކުންނައިރު އިސްކުރާނީ ކަނަތު ފައެވެ. މިހެން ބުނީމާ ތިއައީ ދެން އެހައި މުހިންމު ކަމެއްތޯ ސުވާލުކޮށްފާނެއެވެ. ރަސޫލް (ﷺ) އެކަމެއް ކުރުމަށް ބަޔާން ކުރެއްވެވުމުން އެއޮތީ މުހިންމުވެފައެވެ. ކަމުގެ ކުޑަބޮޑުމިނަށް ބަލާކަށް ނުޖެހޭނެއެވެ. އެކަމެއް ކުރުމުން ފައިދާ ނުކުރާނެ އެއްވެސް ކަމެއް ކުރުމަކަށް ރަސޫލް (ﷺ) ބަޔާން ކުރައްވާފައެއް ނުވާނެއެވެ. އަދި ރަސޫލް (ﷺ) ބަޔާންކޮށްދެއްވަވަފައިވާ ކޮންމެ ކަމެއް، އެއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ކުރުމުން ﷲ ތަޢާލާ ސަވާބު ދެއްވަވާނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް