އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮ ޢަމަލުކުރަން ހިތަށް އެރުވުމުން އެކަން ނުކުރަން ވަސްވާސް ދޭން ޝައިޠޯނާއަށް އެނގެނީ ކީއްވެ؟ އެކަމުން ސަލާމަތްވެވޭނެ މަގު-

ހެޔޮ ޢަމަލުކުރަން ހިތަށް އެރުވުމުން އެކަން ނުކުރަން ވަސްވާސް ދޭން ޝައިޠޯނާއަށް އެނގެނީ ކީއްވެ؟ އެކަމުން ސަލާމަތްވެވޭނެ މަގު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ހެޔޮ ޢަމަލުކުރަން ހިތަށް އެރުވުމުން އެކަން ނުކުރަން ޝައިޠޯނާއަށް ވަސްވާސް ދޭން އެނގެނީ ކީއްވެގެންތޯ؟ ކުރެވޭ ސުވާލުގެ ޖަވާބަކީ އިންސާނާގެ ހަށިގަނޑުގައި ލޭދައުރުކުރާ ފަދައިން ޝައިޠޯނާ ދައުރުކުރާކަމެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ވީމާ ހިތަށް އަރާ ކަންކަންވެސް އެނގުމުގެ ބާރު ﷲ ތަޢާލާ ވަނީ ޝައިޠޯނާއަށް ދެއްވަވައިފައެވެ. އެހެންވެ ހެޔޮ ޢަމަލުކުރަން އުޅުމުން އެކަން ނުކުރަން ވަސްވާސްދެނީއެވެ. އަދި ﷲ ތަޢާލާ ހަނދުމަކުރަން ފެށުމުން އެކަމަށްވެސް ހުރަސްއަޅަނީއެވެ. 

ޝައިޚޫލްއިސްލާމް، އިބްނު ޘައިމިއްޔާ ރަޙީމަހުﷲ ވިދާޅުވރފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މީހަކު ރަނގަޅުކަމެއް ކުރަން އުޅުނަސް ނުބައިކަމެއް ކުރަން އުޅުނަސް (ހިތަށް އެރުވިނަމަވެސް) އެމީހެއްގެ ގައިން އެކަމުގެ ވަސް މަލާއިކަތުންނަށް ދުވައެވެ. ނަމަވެސް ޝައިޠޯނުންނަށް ވަސް ނުދުވިނަމަވެސް ހިތަށް އަރާކަންކަން އެނގެއެވެ. އަދި އެކަންކަން ކުރުން ހުއްޓުވަން މަސައްކަތްކުރެއެވެ. އިންސާނުންގެ ހިތުގެ މައްޗަށް ޝައިޠޯނާއަށް ބާރުތަކެއް ލިބިގެންވެއެވެ. 

އަދި މީހާ ﷲ ތަޢާލާ ހަނދުމަކުރުމާއި ދުރުހެލިވުމުން ނުބައި ޢަމަލުތައްކުރަން ވަސްވާސްދެނީއެވެ. މީސްތަކުން ކުރަން ޝައުޤުވެރިވާ ކަންކަން ޝައިޠޯނާޢަށް އެނގެއެވެ. އެއީ (ފާފައެއް ނަމަ) އެކަން އޭނާގެ ހިތުގައި ޒީނަތްތެރިކުރުވައި ފާފަކުރަން ޝައުޤުވެރިކުރުވަނީއެވެ."

އެމީހެއްގެ ހިތާއި ކައިރިވެވުން ޝައިޠޯނާއަށް ވަނީވެސް އަދި މަލާއިކަތުންނަށްވަނީވެސް އެމީހާގެ ހިތުގައި އީމާންކަން އޮތް މިންވަރެއްގެ މައްޗަށެވެ. އީމާންކަން ވަރުގަދަކޮށްފިނަމަ ޝައިޠޯނާ ބަލިކަށިވެގެންދެއެވެ. ހެޔޮ އަމަލުތައް ކުރަން ވިސްނަވައިދެއްވެވުމުގެ ބާރު މަލާއިކަތުންނަށް ގަދަވެގެންދެއެވެ. 

ކޮންމެ މީހަކާއިއެކުގައިވެސް ރަޙްމަތުގެ މަލާއިކަތުންނާއި ޝައިޠޯނުންވެއެވެ. ވީމާ ތިމާ އާއިއެކުގައިވާ ޝައިޠޯނުން ބަލިކުރަން އޮތްގޮތަކީ އީމާންތެރިކަން ވަރުގަދަކޮށް ﷲ ތަޢާލާ ހަނދުމަކޮށް ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ. އެއިރުން ޝައިޠޯނާ ނިކަމެތިވެގެންދާނެއެވެ. ފާފަކުރާވަރަކަށް ޝައިޠޯނާގެ ބާރުގަދަވެ ހިތުގެ މައްޗަށް ވެރިވެގަންނާނެއެވެ. 

ވީމާ ޝައިޠޯނާގެ ނުބައި ވަސްވާސްތަކުން ސަލާމަތްވެ ހުންނަން އެދޭމީހާއަށް އޮތީ އީމާންކަން އިތުރުކުރުމެވެ. ހެޔޮޢަމަލުކުރުން ގިނަކުރުމެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ މީހަކުކަމުގައިވުމެވެ. އެހެންކަމުން އެކަންކަން ހިންމަވައިދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ! 

- އިސްލާމީ ތިލަފަތު ގެދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް