އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުހުރި ކަމެއް!- މައިންބަފައިންނަށް ކުރެވޭ ފާފައިގެ ނުބައިކަން ދަރިންނަށް ފޯރާ!

ބިރުހުރި ކަމެއް!- މައިންބަފައިންނަށް ކުރެވޭ ފާފައިގެ ނުބައިކަން ދަރިންނަށް ފޯރާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ފާހިޝް އަމަލުތައް ކުރުމާއި ވައްކަންކުރުމާއި މިނޫންވެސް ފާފަތައް ކުރުމުގައި ވަރަށް ޒުވާން، ކުޑަކުދިންތައް ޙަރަކާތްތެރިވުން ދުވަހުން ދުވަހަށް ގިނަވަމުން މިދަނީ ސަބަބެއް ނެތިގެނެއް ނޫނެވެ. އެކަން ޒަމާނާއި ގުޅުވުމުގެ ބޭނުމެއް ނެތެވެ. އެކަން ގުޅުވަންޖެހޭ ނީ މައިންބަފައިން ކުރާ ފާފަތަކާއިއެވެ. ކުދިންނަށް އެފަދަ ބޮޑެތި ބަދަލުތައް އިތުރުވަމުންދާ އެންމެ ބޮޑު ސަބަބަކީ މައިން ބަަފައިން ފާފަކުރުން ގިނަވުމެވެ. 

ޚާއްޞަކޮށް މައިން ބަފައިން ހިލޭ މީހުންނާއިއެކު ޖިންސީ ގުޅުންހިންގުމެވެ. ހަމަކަށަވަރުން އެއީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ބަރަކާތް ކެނޑިގެންދާ ކަމެކެވެ. ފާހިޝް ޢަމަލުތައް ކުރުމުގެ ސަބަބުން ގަންބަވައިގަތުމަށް އިރާދަކުރެއްވެވި ރަށްތައްވެސް އެބަހުއްޓެވެ. މިއަދު އެއްވެސް ބިރެއް ނެތި ކުރަމުން އެގެންދަނީ އެހައިބިރުހުރި ފާފަތަކެވެ. 

ޒިނޭކުރުމާއި ފާހިޝް އަމަލުތައް ކުރުމާއި ވައްކަންކުރުމާއި މިބާވަތުގެ ފާފަތައް ކުރަން ހިތްވަރުދީ މުއުމިނުންގެ މެދުގައި އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތްކުރާނަމަ އެމުޖުތަމައުއެއް ދާނީ ހަލާހުވަމުންނެވެ. ބަލިމަޑުކަން ފެތުރޭނެއެވެ! ރިޒްޤްގެ ދަތިކަން ކުރިމަތިވާނެއެވެ! ބިންހެލުމާއި ނިގޫރޯޅީގެ ސަބަބުން ލިބޭ ގެއްލުންތައް އިތުރުވާނެއެވެ.  

ޒިނޭއަށް މަގުފަހިކޮށްދީފާނެ ކޮންމެ ކަމަކުން ދުރުހެލިވާން ޖެހޭކަން ކީރިތި ޤްރްއާނުން ސާބިތެވެ. ކީރިތި ޤްރްއާނުގެ ސޫރަތުލްއިސްރާގެ 32 ވަނަ އާޔަތް ބައްލަޥާށެވެ!

އެއާޔަތުގެ މާނައިގައި ވަނީ "އަދި ތިއަބައިމީހުން ޒިނޭ އާއި ގާތް ނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިކަންބޮޑުވެގެންވެއެވެ." މިފަދައިންނެވެ.  

އެއާއިއެކު ނޫރު ސޫރަތުގެ 19 ވަނަ އާޔަތް ވެސް ބައްލަވާށެވެ! އެއާޔަތުގެ މާނައިގައި ވަނީ "ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި، ޢަމަލު (ހުތުރުކަން ބޮޑު ޢަމަލު) ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެ އާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުއްޓެވެ.  ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިއަބައިމީހުންނަކަށް ނޭނގެތެވެ." 

"ތިބާ ހައްދަވައި ގެންގުޅުއްވަވާ، ތިބާޢަށް ގުނާ އަދަދު ނުކުރެވޭ ފަދަ ނިޢްމަތް ދެއްވެވި ﷲ އަށް ޙަމްދާއި ޝުކުރު ކުރާށެވެ. ﷲ ނަހީ ކުރެއްވެވި ކަންތަކަށް އަރައްގަންނަމުންދާ ހިނދު ލަދުގަންނަންވީ އަދި ބިރުގަންނަންވީ މީސްތަކުންނަށް އެނގިދާނެ ކަމަކަށް ނޫނެވެ. ﷲ އަށެވެ! 

ތިމާއަށް ﷲ ނުފެނުނުކަމުގައިވި ނަމަވެސް ތިމާ ކުރާ ހުރިހާ ކަމެއް އަދި ބުނާ ހުރިހާ ބަހެއް (ދައްކާ ވާހަކަތައް) އަދި ތިބާގެ ހިތުގައި ފޮރުވާފައިވާ ހުރިހާ ކަމެއް ﷲ ދެކެދެނެވޮޑިގެންވެއެވެ. ބައްލަވައިވޮޑިގެންވެއެވެ. އެކަންކަން ހަނދުމަކުރާށެވެ! މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފަތުރަން ނުއުޅޭށެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް