އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެވެރިން ދައްކާ ވާހަކަތަކަށް ކަންބޮޑުނުވާށެވެ! ތިބާއަށް އެއްވެސް ބިރެއް، ހިތާމައެއް ނެތްކަން ޤުރްއާނުން-

އެވެރިން ދައްކާ ވާހަކަތަކަށް ކަންބޮޑުނުވާށެވެ! ތިބާއަށް އެއްވެސް ބިރެއް، ހިތާމައެއް ނެތްކަން ޤުރްއާނުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

މުސްލިމުންގެ ޢަޤީދާ ބަލިކަށިކޮށްލަން މިއަދު ދެވޭ އެންމެ ވަރުގަދަ އެއް ހަމަލާއަކީ ބަހުގެ ޙަމަލާއެކެވެ. މުސްލިމަކު ދެރަވެ ކަންބޮޑުވާންޖެހޭ ޙާލަތެއްގައި ނުވަތަ މުޞީބާތެއްގެ ތެރޭގައި އުޅޭކަން އެނގޭއިރަށް ޢަދުއްވުން އެބަބުނެއެވެ. "ތިބާގެ ތަޤްވާވެރިކަމުން ކުރަނީ ކޮންފައިދާއެއް ހެއްޔެވެ؟ ތިބާ ތިއަވަނީ ހަމައަހަރެމެންނާއި އެއްފަދައިން މުޞީބާތެއްގައެވެ." 

ތަޤްވާވެރިއަކަށްވުމަކީ އެއްވެސް ޙާލެއްގައި ހިތްދަތިކަމާއި މޫޞިބާތްތަކުން ސަލާމަތްވެވޭ ކަމެއް ނޫނެވެ. އެހެންނަމަ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންނަށް އެކަންކަން ކުރިމަތިވެވަޑައިނުގަތީސް ނޫންހެއްޔެވެ؟ 

މިސާލަކަށް ކަނޑުގައި ދަތުރުކުރަނިކޮށް ކޮޅިގަނޑެއްގައި ޖެހުނީއެވެ. އެއިގައި ތަޤްވާވެރިން ތިބުމުން އެއްވެސް މުޞިބާތެއް ކުރިމަތިނުވާނީ ހެއްޔެވެ؟ މުޞީބާތްތައް ކުރިމަތިވާނެއެވެ. ރާޅުޖަހާނެއެވެ. އުޅަނދު ބަންޑުންވެސް ޖަހައިލަފާނެއެވެ. 

މުސްލިމުންނަށް އޮތް ހިތްހަމަޖެހުމަކީ އާދަމްގެފާނަށް ﷲ ތަޢާލާ ވަޙީކުރެއްވެވި މިވަޙީބަސްފުޅެވެ. 

"...ފަހެ، ތިއަބައިމީހުންގެގާތަށް، ތިމަންރަސްކަލާނގެ ޙަޟްރަތުން ތެދުމަގު އަތުވެއްޖެ ހިނދަކު، ތިމންރަސްކަލާނގެ ތެދުމަގާ ތަބަޢަވެއްޖެ މީހަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބައަކުކަމުގައިވެސް ނުމެވޭމެއެވެ." (އަލްބަޤަރާ: 38) 

މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިއެވަނީ ކޮންމެ ޙާލަތެއްގައިވެސް ތަޤްވާވެރިން ތިބޭނީ އެކަލާނގެ ރަޙްމަތްފުޅާއިމެދު ރުހި ހިތްހަމަޖެހިގެންކަމެވެ. ފަހުން ކުރިމަތިވެދާނެކަންކަމަށް ބިރުން އުޅެން ނުޖެހޭނެކަމެވެ. ހުރިހާ ބިރަކާއި ހިތާމަތަކުން ﷲ ތަޢާލާ އެމީހަކު ސަލާމަތްކުރައްވަވާނެކަމެވެ. 

ބިރުގަތުމާއި ހިތާމަ މެދުވެރިވަނީ ދެ ޙާލަތެއްގައެވެ. ބިރުގަންނަނީ ފަހުން މެދުވެރިވެދާނެ ކަމަކަށެވެ. ދެރަވެ ހިތާމަކުރަންޖެހެނީ ކަމެއް މެދުވެރިވުމުންނެވެ. މިއާޔަތުން އެނގިގެންދަނީ ﷲ ަތާއާއަށް އީމާންވެ ތަޤްވާވެރިވެގެން ތިބުމުން ބިރުގަންނަންވެސް ހިތާމަކުރަން ނުޖެހޭނެ ކަމެވެ. ވަކީލްކުރާ އަޅުންނަށް އޮތީ އުފާވެރިކަންކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް