އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ ޢަޛާބަށް ބިރުވެތިވާށެވެ! ރުޅިއަންނައިރަށް އޮތީ ތަޅާ އަނިޔާކުރުމާ ކައިވެނިރޫޅާލުމެއް ނޫނެވެ!

ﷲ ގެ ޢަޛާބަށް ބިރުވެތިވާށެވެ! ރުޅިއަންނައިރަށް އޮތީ ތަޅާ އަނިޔާކުރުމާ ކައިވެނިރޫޅާލުމެއް ނޫނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ރުޅި އަތުވެއްޖެނަމަ އަތް އިސްކޮށް ތަޅާފޮޅުން މިވަނީ ޢާންމުވެފައެވެ. ދެމަފރިންގެ މެދުގައި ނަމަ އަތްއިސްކުރުމުގެ އިތުރުން ނުބައިބަސްތައް ބުނެ ކައިވެނި ރޫޅައިލުން މިވަނީ ޢާންމުކަމަކަށްވެފައެވެ. 

މިފަދަ ގޮތްގޮތަށް އަމަލުތައް ކުރަނީ ﷲ ތަޢާލާގެ ވަޙީބަސްފުޅު ނުއެނގޭތީއެވެ. ނުވަތަ އެނގުނު ނަމަވެސް ބިރުވެތިނުވެވޭތީއެވެ. ލޭކެކި އުތުރިއަރައިގެން އެދަނީ ލޭގެތެރޭގައި ދައުރުކުރާ ޝައިޠޯނާގެ ބާރު މީހާގެ ނަފްސުގެމައްޗަށް ގަދަވެގަންނާތީއެވެ. 

"އަދި އެއުރެންނީ ބޮޑެތި ފާފަތަކާއި ފާހިޝް ޢަމަލުތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެ ހިނދެއްގައި މާފްކުރާ ބައެކެވެ." (އައްޝޫރާ: 37)

ދިރިއުލެމުންދާއިއރު ރުޅި އަންނަ ކަންކަން މެދުވެރިވާނެއެވެ. ރުޅިއަންނަ ކޮންމެފަހަރަކީ ތިމާ މޮޔަވާފަހަރަކަސްހަދައިގެން ދުނިޔެވެސް އާޚިރަތެއްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ. ކާމިޔާބުކުރެވޭނީ މާފުކުރުން އިސްކުރާ މީހުންނަށެވެ. 

އަދިވެސް ވަޙީކުރައްވަވާފައިވެއެވެ. 

"އަދި، ހަމަކަށްވަރުން ކެތްތެރިވެ ޢަފޫކުރާމީހާ (ދަންނާށެވެ!) ހަމަކަށަވަރުން އެކަންވަނީ ޢަޒުމްކަނޑައަޅަންޖެހޭ ކަންތައްތަކުގެތެރެއިންކަން ކަށަވަރެވެ." (އައްޝޫރާ: 43)

އަނިޔާވެރިވާ މީހުން ވިސްނައި ބިރުވެތިވާންވީ މިޔާތަށެވެ! 

"އަދި، ނިކަމެތިވެ، ބިރުގަނެ، ވައްކަޅިން ބަލާޙާލް، އެއުރެން ނަރަކައަސް ހުށަހަޅުއްވާތީ ތިބާ ދެކޭނޫއެވެ. އަދި އީމާންވި މީހުން ބުނާނެތެވެ. ހަމަކަށަވަރުން، ގެއްލުންވި މީހުންނީ، ޤިޔާމަތްދުވަހުގައި، އެއުރެންގެ އަމިއްލަ ނަފްސްތަކާއި އަހުލުވެރިން ގެއްލުންކުޅަ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، އަނިޔާވެރިންވަނީ، ދެމިހުންނަނިވި ޢަޛާބެއްގައެވެ." (އައްޝޫރާ: 45)

ރުޅިއަކީ އިންސާނާގެ އެންމެ ބޮޑު ދުޝްމިނެވެ. ރުޅި އަންނަހިނދު ފިސްތޯލަނަގައި އަނެކާގެގައަށްޖަހައި އެބަ މަރައިލައެވެ. އެކަމުގެ އަދަބެއްގެ ގޮތުން އުމުރުދުވަސް ޖަލުގައި އެބަ ހޭދަކުރަން ޖެހެއެވެ. 

އަނެއްބައަކު ރުޅި އަންނައިރަށް ޢާއިލީ ދިރިއުޅުން އެބަރޫޅައިލައެވެ. އަނބިމީހާ ވަރިކޮށް އެބަ ފޮނުވާލައެވެ. އަނބިމީހާ ރުޅިއަންނަހިނދު ގަދަކަމުން ވަރިވެގެން އެބަދެއެވެ. މިފަދަ ކޮންމެ ކަމަކާއި ގުޅިގެންވެސް ގިނަ ފަހަރަށް އޮންނަނީ ޢުމުރަށް ހިތާމަކުރަންޖެހިފައެވެ. 

ޙައްލަކީ ރުޅި ކޮންޓްރޯލްކުރުންކަމާއި އެކަންކުރެވޭނީ އެކަމަށް ޢަޒުމްކަނޑައަޅައި އެކަމަށް މަސައްކަތްކުރުމުންކަން ކުރިން ބަޔާންކުރި އާޔަތުން އެނގިގެން ހިނގައްޖެއެވެ. ވީމާ ރުޅި އާއިމެދު ސަމާލުކަން އިތުރުކުރާށެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ޢަމަލުތައް ބަހައްޓަން މަސައްކަތްކުރާށެވެ! ކާމިޔާބު ޙާޞިލުކުރެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް