އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު
ރާއްޖޭގައި ކޮރޯނާ ފެތުރުމާއި މިސްކިތުގައި ޖަމާއަތުގައި ކުރާ ނަމާދާއި ގުޅުވަން ބައަކު މަސައްކަތްކުރިނަމަވެސް އެކަމުގައި އެއްވެސް ޙަޤީޤަތެއް ނެތްކަން އެނގެނީ މިސްކިތުގެ ޖަމާޢަތަށް ގޮސްއުޅޭ މީހުންނަށް ބަލި ޖެހުނު މިންވަރު ނިޞްބަތުން ހަމވަރަށް މަދުވުމުންނެވެ. އިތުރަށް އުފާކުރަންޖެހެނީ ގައިކައިރިކޮށް ނަމާދުކުރާ މީހުންގެ ނިޞްބަތް ހަމަނެތުމުންނެވެ.
އެޗްޕީއޭއިން ރަސްމީކޮށް ކޮންމެ ގޮތަކަށް ބަސްބުނި ނަމަވެސް ތަފާސް ހިސާބުތަކުން ފެންނަނީ މިގޮތަށްކަން މިއަދުނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ. އަދި ގައިކައިރިކޮށް ނަމާދުކުރާ ގިނަ މިސްކިތްތަކުގެ ކަންކަމުގެ މައުލޫމާތު ދަނީ ވަރަށް ގާތުން ލިބެމުންނެވެ.
ރައީސް މައުމޫނާއި ކޮށްލަން ބޭނުންވާ ސުވާލަކީ ފާއިތުވި 50 އަހަރު މަނިކުފާނު ޓީވީން ލައިވް ނުކުރާނަމަ ޖަމާއަތަށް ވަޑައިނުގަންނަވަނީ ހަމަ ޙާލަތު ޒުރޫރީ މެދުވެރިވެފައި އޮތުމުންތޯއެވެ؟
ދެން އުފެދޭ ސުވާލަކީ ރައީސް މައުމޫނަށް ކޮރޯނާ ޖެހުނީ މިސްކިތުންތޯއެވެ؟ އެހެންކަމަށްވާނަމަ އެކަން އެ މެދުވެރިވީ ފައިފުހޭ މިސްކިތާއި ޒިޔާރަތް މިސްކިތާއި ވަރަށް ގާތުގައި ދިރިއުޅުއްވާތީކަމަށްވެދާނެއެވެ. ދެ މިސްކތުގެ ބަންގީގެ އަޑު ކޮންމެ ނަމާދެއްގައިވެސް ވަރަށް ސާފުކޮށް އިވިވަޑައިގަންނަވާނެއެވެ. 100 ވަރަކަށް ފިޔަވަޅުފުޅު އަޅުއްވައިފިނަމަ ކޮންމެ މިސްކިތަކަށްވެސް ވަޑައިގެންނެވޭނެއެވެ.
ރަސޫލް އާއި 4 ޚަލީފާއިންނާއި ޞަޙާބީން ވެރިކަމުގައި ތިއްބެވިއިރު ގެކޮޅުގައި ނަމާދުކުރެއްވެވިކަން އެނގެން އެބައޮތްތޯއެވެ؟
މިސްކިތުގެ ޖަމާއަތަށް ފާޑުކިޔަން އެންމެ ރަނގަޅުވާނީ މިސްކިތަށް ވަޑައިގެން ޖަމާއަތުގައި ނަމާދުކުރާ މީހުންނާއި ބައްދަލުކުރައްވައި އެމީހުން ބަލިވާކަން ނުވަތަ ނޫންކަން ބައްލަވަމުން ގެންދަވާ ޢިލްމުވެރިންކަން ފާހަގަކުރެވެއެވެ.
ދީނީ ޢިލްމުވެރިން މިހާރު ބާރުއަޅުއްވަންވީ އެއްވުންތަކާއި ހަފްލާތައް ބޭއްވުމާއި ރެސްޓޯރަންޓްތަކަށް ޖަމާވުން ފަދަ ކަންކަން ހުއްޓާލަންކަން ފާހަގަކުރެވެއެވެ. ހިތްވަރު ދެއްވަންވީ ޖަމާޢަތުގައި ނަމާދުކޮށް ދުޢާކުރުން ގިނަކުރުމަށް ނޫންތޯއެވެ؟
Advertisement
23 ފެބްރުއަރީ 2021