އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިން ދިރިއުޅެވެން ނެތްނަމަ އަވަހަށް ކައިވެނިރޫޅައިލާށެވެ! މަކަރުން، ގަދަބާރުން އެކުގައި އުޅުން ﷲ ގެ ޙަޟްރަތުގަވާނީ އަނެކާއަށް ކުރެވޭ އަނިޔާއަކަށެވެ!

ލޯބިން ދިރިއުޅެވެން ނެތްނަމަ އަވަހަށް ކައިވެނިރޫޅައިލާށެވެ! މަކަރުން، ގަދަބާރުން އެކުގައި އުޅުން ﷲ ގެ ޙަޟްރަތުގަވާނީ އަނެކާއަށް ކުރެވޭ އަނިޔާއަކަށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ކައިވެނި ރޫޅައިލުމަކީ ނުވަތަ ވަރިކުރުމަކީ ކުރަން އެންމެ ބޮޑަށް ދުރުހެލިވާންވީ ކަންތައް ނަމަވެސް ކައިވެނި ރޫޅައިލަންޖެހޭ ޙާލަތުގައި ރޫޅާނުލައި ހިފެހެއްޓުމަކީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އުންމީދެއް ނެތި މާޔޫސްކަމުގައި ގިނަ ދުވަސްތަކެއް ފާއިތުވުމަކީ މީހުން ދުނިޔެއިން މޮޔަވެ އަތުންފައިން ގޯސްހެދޭ ކަމެކެވެ. ވީމާ އެއްވެސް މީހަކަށް އެފަދަ އަނިޔާއެއް ކޮށްގެން ނުވާނެއެވެ. އަނބިން ފިރިންނަށް އަދި ފިރިންނަށްވެސް އެފަދަ އަނިޔާއެއްކޮށްގެންނުވާނެއެވެ.

މިޒަމާނުގައި ކައިވެނި ރޫޅައިލަން ޖެހެނީ ވަކި މީހެއްގެ ސަބަބުން ކަމަށް ބުނެވޭކަށް ނެތެވެ. ބައިވެރިޔާއަށްވުރެ ރީތި ތަނަވަސް މީހަކު ލިބޭނެ ގޮތް މެދުވެރިވެއްޖެނަމަ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް އެމީހަކާއި ގުޅެން ބޭނުންވެއެވެ. މަދު މީހަކު ނޫނީ ދިރިއުޅުމާއި ލިބިފައިވާ ދަރިންނާއިމެދުގައިވެސް ވިސްނައެއް ނުލައެވެ. ބަލަނީ ތިމާއަށް އުފާވެރިކަން އިތުުވާނެ ގޮތެވެ.

މީގެ އިތުރުން އަނެކާގެ އަމަލުތައް ހުންނަގޮތުން އެކަންކަމަށް ކެތެރި ނުވެވިގެންވެސް ކައިވެނި ރޫޅައިލަން އެބަޖެހެއެވެ. ފިރިމީހާ އެހެން އަނހެނަކާއި ގުޅުން ބާއްވާތީ އެކަމަށް ކެތް ނުކުރެވިގެން ކައިވެނި ރޫޅައިލަން އަނބިން އެބަ ބޭނުންވެއެވެ. އެޙާލަތުގައިވެސް އަނބިމީހާ ދޫކޮށްނުލަން ފިރިން ގަދަކަމުން އެބަ އަނބިން ހިފަހައްޓައެވެ.

މިޙާލަތުގައި ބުނަން އޮތް ވާހަކައަކީ އަނބިމީހާއަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ނުދެވޭނަމަ، ދެވަނަ ކައިވެންޏެއްކުރަން އަނބިމީހާ އެއްބަސް ނުވާނަމަ، ތިބާއަށް އަނބިމީހާ ކަމުނުގޮސް އެހެން އަނހެނަކު ބޭނުންވާނަމަ އަނބިމީހާ ވަރިއަށް އެދުމުން ނުހިފަހައްޓާށެވެ! އެއީ އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ކޮންމެ ސިފައެއްގައި ނަމަވެސް ދެވޭ އަނިޔާވާނީ ހަމައަނިޔާއަށެވެ.

އަނބިންނަށްވެސް ބުނެލަން އޮތީ ފިރިމީހާއަށްވުރެ ރަނގަޅު މީހަކު ލިބިގެން ވަކިވާން ބޭނުންނަމަ އެކަން ސިއްރުކޮށް، ފިރިމީހާއަށް އޮޅުވާލައި މަކަރުހަދައިގެން ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތްނުކުރާށެވެ! ވަރިވާށެވެ! ވަރިއަށް އެދުމުން ވަރިނުކުރިނަމަ ކައިވެނި ރޫޅައިލުމަށް އަވަހަށް ހުށަހަޅާށެވެ. ނޫންނަމަ އެއީ ފިރިމީހާއަސް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

ކައިވެނި ރޫޅާލައިދޭންޖެހޭ ފަރާތްތަކަށް ބުނެލަން އޮތީ ކައިވެނި ރޫޅައިލަން ބޭނުންވެގެން ހުށަހެޅުމުން އެކަން ކޮށްދިނުން ލަސްނުކޮށް ވީހައި އަވަސްކޮށްދޭށެވެ. ލަސްކުރާ ކޮންމެ ދުވަހަކީ އެކަކަށް ދެވޭ އަނިޔާއެކެވެ. ކައިވެނި ރޫޅާލައި ދިނުމަކީ ދެމަފިރިންގެ ގުޅުމުގެ ނިމުމެއް ނޫނެވެ. އަލުން ގުޅުމުގެ ފުރުޞަތު އޮތުމުންނެވެ.

ދެން ބުނެލަން އޮތީ ކައިވެނިކުރީ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ފިރިމީހާ ކައިވެނި ރޫޅައިލަން ބޭނުންވެއްޖެނަމަ ކައިވެނީގައި އޭނާއަށް ލިބުނު ނުވަތަ ދީފައިވާ އެއްވެސް އެއްޗެއް އަތލައިގެން ނުވާނެއެވެ. އަދި އަނބިމީހާ ބޭނުންވެގެން ކައިވެނި ރޫޅައިލި ނަމަވެސް އޭނާގެ އަމިއްލަ އެއްވެސް އެއްޗެއް ހިފަހައްޓައިގެން ނުވާނެއެވެ. އެއީ އޭނާގެ ތަކެއްޗެވެ. އޭނާގެ ތަކެތި ހިފަހައްޓައިފިނަމަ އެކަމުގެ ގެއްލުން ކޮންމެވެސް ސިފައެއްގައި ﷲ ތަޢާލާ މެދުވެރިކުރައްވަވާނެތެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް