އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުންނަތް ރޯދަ ހިފުން ގިނަކުރުމަކީ ފާހިޝް ޢަމަލުކުރުމުން ދުރުހެލިކޮށްދޭ ސަބަބެއް!: ޝައިޚް އަބޫބަކުރު ޒައުދު

ސުންނަތް ރޯދަ ހިފުން ގިނަކުރުމަކީ ފާހިޝް ޢަމަލުކުރުމުން ދުރުހެލިކޮށްދޭ ސަބަބެއް!: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ރަމަޟާން މަހު ރޯދަ މިހިފަނީ ވަރަށް ބޮޑު ޤުރްބާނީއެއްވެގެންނެވެ. ނުކައި ހައިހޫނުކަމުގައި ތިބެގެންނެވެ. ކޮޓަރީގައި ސިއްރުން ކައިބޮއި ހެދެން އޮއްވައިވެސް އެކަން ނުކޮށް ތިބެގެންނެވެ. އެކަނިހުރެ ސިއްރުން ކައިބޮއިހެދެން އޮތް އިރުވެސް އެކަން ނުކުރަނީ ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވާތީއެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާނެތީއެވެ. 

ހިތާމައަކީ ރޯދައަށް ނުވަތަ ރޯދަ ގެއްލިދާނެތީ ބިރުވެތިވާ ފަދައިން އެހެން ފާފަތައް ކުރަން ބިރުވެތިނުވެވޭތީއެވެ! އެހެން ފާފަތައް ކުރާއިރުވެސް ހަމަ ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެކަމަށް ބިރުވެތިނުވާނަމަ ރޯދަ ގެއްލިދާނެތީ އެހައި ބޮޑަށް ބިރުވެތިވެވެނީ ކީއްވެގެން ހެއްޔެވެ؟ 

މިކަމުގެ އެއްސަބަބަކީ ރޯދައަށް ހުރުމުން އެމީހެއްގެ ނަފްސް ކޮންޓްރޯލްކުރުމުގެ ކުޅަދާނަކަން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާކަމެވެ. ދެވަނަ ސަބަބަކީ އެންމެ ބިޔަ ޝައިޠޯނުންތައް ކަސްތޮޅު އެޅުއްވެވުމުން ކުދިކުދި ޝައިޠޯނުންނަށް އިންސާނުންގެ މައްޗަށް ނުފޫޒުހިންގޭ މިންވަރު ކުޑަވުމެވެ.

ކުރީ ރެއެއްގެ ދަރުސްގައި ބެލުންތައް ތިރިކުރުމުގެ މުހިންމުކަމުގެ ވާހަކަދެއްކީމެވެ. އެވާހަކައަށް ވަރަށް މުހިންމު ބައެއް އިތުރުކޮށްލާނަމެވެ! އެއީ ބެލުންތައް ކޮންޓްރޯލްކޮށް ތިރިކުރުމުގެ ބާރު ލިބިގަތުމަކީ ޒިނޭކުރުމުން ސަލާމަތްވެހުރުމަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބުކަމެވެ. 

އަދި ކީއްހެއްޔެވެ؟ ރަމަޟާން މަހުގެ އިތުރުން ސުންނަތް ރޯދަތައް، ހޯމަދުވަހާއި ބުރާސްފަތި ދުވަހު އަދި މަހުގެ 13، 14، 15 ދުވަހު ހިފުމަކީވެސް ފާހިޝް އަމަލުތައް ކުރުމުން މީސްތަކުން ދުރުހެލިކޮށްދޭ ސަބަބެކެވެ! ވީމާ ފާހިޝް ޢަމަލުތައް ކުރުމުން ދުރުހެލިވެ ހުރުމަށްޓަކައިވެސް ވީހައި ގިނައިން ސުންނަތް ރޯދަތައް ހިފަމުން ގެންދާށެވެ! 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް