އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާނަބަސަންދު: ސަމާލުކަންދޭންޖެހޭ ބައްޔެއް

ފާނަބަސަންދު: ސަމާލުކަންދޭންޖެހޭ ބައްޔެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު

ރާއްޖޭގައި ހަލުވިކަމާއެކު H1N1 ފެތުރެމުންދާ އިރު، ފާނަބަސަންދަކީވެސް ސަމާލުކަން ދޭންޖެހޭ ބައްޔެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ބައްޔެކެވެ.

ޚާއްޞަކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ފާނަބަސަންދު ފެތުރެމުންދާ މިދުވަސްވަރު އެންމެހާ ރައްޔިތުން މިކަމާއިމެދު ވަރަށް ވިސްނަންޖެހެއެވެ.

މިދުވަސްވަރަކީ ބ. އޭދަފުށީގައި ފާނަބަސަންދަށް ފަރުވާ ހޯދަމުން އަންނަ މީހުން އިހުނަށްވުރެ އިތުރުވެފައިވާ ދުވަސްވަރަކަށް ވާތީ، ޚާއްޞަކޮށް އެ އަތޮޅަށާއި އެ އަތޮޅުން އެހެން ހިސާބުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވާން ޖެހޭނެއެވެ.

މިކަމާއިގުޅިގެން ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ އަޙްމަދު ވަހީދު މިއަދުނޫހަށް ވިދާޅުވީ އެ ރަށުގައިވެސް އަދި އެ އަތޮޅުގައިވެސް ފާނަބަސަންދު އިތުރުނުވާ ކަމަށާއި އެހެންނަމަވެސް ކުރިއާއި އަޅާބަލާ އިރު، މިދުވަސްވަރު އެ ބައްޔަށް ފަރުވާ ހޯދަން އަންނަ މީހުން އިތުރުވެފައިވާ ކަމަށެވެ.

"ބަލި ޖެހޭ މީހުން ވަކި އިތުރެއް ނުވޭ. އެކަމަކު ފަރުވާ ހޯދާ މީހުން އަންނަނީ އިތުރުވަމުން. އެއީ ކުރިއާ އަޅާބަލާ އިރު، ހޭލުންތެރިކަން މިހާރު އިތުރުވެފައިވާތީ ކަމަށް ގަބޫލުކުރެވެނީ" ވަހީދު ވިދާޅުވިއެވެ.

ރަނގަޅު ވާހަކައެކެވެ. ޚާއްޞަކޮށް މިދުވަސްވަރު H1N1 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރި، 5 މީހަކު ނިޔާވެފައިވާ އިރު، މިފަދަ ކޮންމެ ކަމަކަށް ރައްޔިތުން ވިސްނާނެއެވެ. އަޅުގަނޑުމެން ދިވެހިންނަކީ މިފަދަ ކަންކަމުގައި އަބަދުވެސް ވަރަށް ހޭލުންތެރި ބައެއްކަން އަންނަނީ ޢަމަލާއި ބަހުން ހާމަކޮށް ދައްކަމުންނެވެ.

ފާނަ ބަސަންދަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިންގައިން ގަޔަށް އަރާ ބައްޔަކަށްވާ އިރު، މިއީ ހުން އައުމާ އެކު ގައިން ފޮޅުނަގާ، ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ޖެހިދާނެ ބައްޔެއްނަމަވެސްޢާންމު ގޮތެއްގައި މި ބަލިޖެހެނީ ކުޑަކުދިންނަށެވެ.

މިބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ވަރުބަލިކަން އިހްސާސްކުރެވުމާއި ހުންއައުމާއި ކާހިތްނުވުމާއި ބޮލުގައި ރިއްސުމާއި ކެއްސުމާއި ކަރަށް ތަދުވުން ހިމެނެއެވެ. އަދި ބަނޑުގައި ރިއްސުމާއި ބްލިސްޓަސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން ހިމެނެއެވެ.

ފާނަ ބަސަންދު ޖެހިގެން ފުރަތަމަ ދެދުވަހު ނޭފަތުން ފެންއައިސް ހުންއަންނަންނާނެއެވެ. މި ދުވަސްވަރު ހަށިގަނޑުން ބިހި ނުނެގިނަމަވެސް ބަލިމީހާ ކެއްސައި، ކިނބިހި އަޅާ ހަދާއިރުކައިރީގައި ތިބޭ މީހުންނަށް އެބަލި ޖެހޭނެތީ ފަރުވާތެރިވާން ޖެހޭނެއެވެ.

ބަލިމީހާގެ ގައިން ބިހިނަގަން ފެށުމުން އޭނާގެ ގައިގަ މީހުންނާއިއޭނާ ބޭނުންކޮށްފައި ހުންނަ ތައްޓާއި ތުވާއްޔާއި އަންނައުނު ފަދަ ތަކެތިބޭނުން ކުރުމުން ނުވަތަ ބީހުމުންވެސް މި ބަލި ޖެހޭ އިރު، ގައިގަ ހުންނަބިހިތައް ކުރަމަގާލި ލާންދެން އެ ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށްފެތުރުމުގެ ފުރުޞަތު އޮންނާނެކަމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ.

މި ބައްޔާއިމެދު ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މިއީ ނުރައްކާތެރި ބައްޔެއް ނަމަވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ މިއީ ނުރައްކާތެރި ބައެއްޔެއް ނޫންކަމަށެވެ. މިބަލި ޖެހޭ މީހުން ދިހަވަރަކަށް ދުވަސްތެރޭގައި ޢާންމުގޮތެއްގައި ރަނގަޅުވި ނަމަވެސް މިބަލިޖެހޭ މީހުންގެ ތެރެއިން މަދުބައެއްގެފުއްޕާމެއަށް ނުވަތަ ސިކުނޑިއަށް އަސަރު ކުރުމުން ނުރައްކާވެ ފުރާނައަށްގެއްލުންވާ ހިސާބަށްދާކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެއެވެ. އަދި މާބަނޑު ދުވަސްވަރު މިބަލި ޖެހޭ މީހުންގެތެރެއިން މަދު ބަޔަކަށް އެކަމުގެ ސަބަބުން ނުރައްކާވާ އިރު، މަދުބައެއްގެ ބަނޑުގައިވާ ކުއްޖާއަށްވެސް ނުރައްކާވެއެވެ.

ފާނަބަސަންދު އެއްފަހަރުވެސް ނުޖެހޭ މީހަކަށް ބަލިޖެހުމުގެ ފުރުޞަތުވަރަށްބޮޑުވި އެހެންނަމަވެސް އެއްފަހަރު މި ބަލި ޖެހިފައިވާ މީހަކަށްބަލިޖެހުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް ކަމާބެހޭ ފަރާތްތަކުންހާމަކުރެއެވެ.

މިބަލިން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހެއްގެ ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ޖެހޭ އިރު، ސްކޫލަށްދާ ކުއްޖެއްނަމަ ސްކޫލަށް ފޮނުވާކަށް ނުވާނެއެވެ. އަދި ފާނަ ބަސަންދުޖެހިފައިވާ މީހާ ނުވަތަ ކުއްޖާ ގޭގެ އެހެން މީހުންނާ ވަކިކުރަން ވާނެއެވެ.އޭނާ ކާންބޯން ބޭނުންކުރާ ތަށިފަދަ ތަކެއްޗާއި ތުވާއްޔާއި އަންނައުނުވެސްވަކިކޮށް އެހެން މީހުން އެއިން އެއްގޮތަކަށްވެސް ބޭނުން ކޮށްގެން ނުވާނެއެވެ.

މިބަލިން ރައްކާތެރިވުމަށް ފާނަބަސަންދު ނުވަތަ ޗިކަންޕޮކްސް ވެކްސިންޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ފާމަސީތަކުން ޢާންމުކޮށް ލިބެން ހުންނަވެކްސިނަކަށްވާ އިރު،މުސްކުޅިންނާއި މާބަނޑު މީހުންނާއި ހަށިގަނޑުގެ ދިފާޢީ ނިޒާމްބަލިކަށިވެފައިވާ މީހުންމި ވެކްސިން ޖަހަން ސަމާލުވާންޖެހޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް