އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. ޝަހީމް ހުށަހަޅުއްވައިދެއްވާ "ރަޙްމަތުގެ ނަބިއްޔާ" އަށް ބޮޑު ތަރުޙީބެއް!

ޑރ. ޝަހީމް ހުށަހަޅުއްވައިދެއްވާ "ރަޙްމަތުގެ ނަބިއްޔާ" އަށް ބޮޑު ތަރުޙީބެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ހުށަހަޅުއްވައިދެއްވަމުން ގެންދަވާ "ރަހްމަތުގެ ނަބިއްޔާއަށް ގިނަ ބައެއްގެ ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ. މިހާރުވެސް ގިނަ ބައެއްގެ ވަރަށް ބޮޑު މަޤްބޫލުކަން އެ ޕްރޮގްރާމަށް ވަނީ ލިބިފައެވެ.

ވަރަށް ފުރިހަމައަށް ދިރާސާ ކުރައްވައިގެން ޑރ. ޝަހީމް ޓީވީއެމް މެދުވެރިކުރައްވައި ހުށަހަޅުއްވައި ދެއްވަމުން ގެންދަވާ މި ޕްރޮގްރާމްގައި ޑރ. ޝަހީމް ގެންދަވަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަޔާތްޕުޅާއިބެހޭ ގޮތުން މިހައި ތަނަށް ޢާންމުކޮށް ނުއެނގޭ ގިނަ ކަންތައްތަކެއް ހާމަކޮށްދެއްވަމުންނެވެ.

ރަމަޟާންމަހުގެ ދުވަސްތަކަކަށް ބައްސަވާލައްވައިގެން ހުށަހަޅުއްވައިދެއްވާ މި ޕްރޮގްރާމްތަކުގައި އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ތުއްޕުޅު ހަޔާޕްޕުޅާއި އަދި ހޯދެވި ކާމިޔާބީތައް ވަރަށް ތަފްޞީލްކޮށް ހުށަހަޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ޓީވީއެމް އިން ދައްކަނީ ކޮންމެ ދުވަހަކު 4:30 ގައެވެ.

ޕްރޮގްރާމްގެ 2 ވަނަ އެޕިސޯޑް:


Dr. Shaheem starts “Rahmathuge Nabiyya”

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް