އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައިއެސްސީ ފުޓްސަލް މުބާރާތް: ފެނަކަ، ކައްދޫ އެއަރޕޯޓް، އެސްޓީއޯ ފޮނަދޫ އަދި ލާމު ބްލޫސް ސެމީ އަށް

ވައިއެސްސީ ފުޓްސަލް މުބާރާތް: ފެނަކަ، ކައްދޫ އެއަރޕޯޓް، އެސްޓީއޯ ފޮނަދޫ އަދި ލާމު ބްލޫސް ސެމީ އަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު


ޔޫތު ފޯރ އަ ސޭފަރ ކޮމިއުނިޓީ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ އާއި ކައްދޫ އެއަރޕޯޓް އާއި އެސްޓީއޯ ފޮނަދޫ އަދި ލާމު ބްލޫސް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ ޖާގަހޯދީ ކުއާޓަރ ފައިނަލުގައި އެސްޓީއޯ މެޑިކަލް އާ ވާދަކޮށް 4-2 ން މެޗު ކާމިޔާބުކޮށްގެންނެވެ. ކައްދޫ އެއަރޕޯޓް ޓީމު ސެމީން ޖާގަހޯދީ ކުއަޓަރ ފައިނަލުގައި ގަން ކައުންސިލާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

އެސްޓީއޯ ފޮނަދޫ ސެމީން ޖާގަހޯދީ އެމްއެންޑީއެފްގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އަދި ލ. އަތޮޅު ފުލުހުންގެ ޓީމު “ލާމު ބްލޫސް” ސެމީން ޖާގަ ހޯދީ ފޮނަދޫ ޔޫތުއާ ވާދަކުރި މެޗުގެ 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ސެމީ ފައިނަލްގެ މެޗުތައް މިރޭ ކުޅޭއިރު ސެމީފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ފެނަކަ އާއި ކައްދޫ އެއަރޕޯޓް އެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ. މިރޭ 22:00 ގައި ސެމީ ފައިނަލް ދެވަނަ މެޗު ކުޅޭއިރު މިމެޗުގައި ވާދަކުރާނީ އެސްޓީއޯ ފޮނަދޫ އާއި ލާމު ބްލޫސްއެވެ.

އޮގަސްޓް 12 ން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޔޫތު ފޯރ އަ ސޭފަރ ކޮމިއުނިޓީ ފުޓްސަލް މުބާރާތަކީ ލ. އަތޮޅުގެ އެކި މުއައްސަސާތަކާއި ޒުވާނުންނާއި ފުލުހުންނާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ލ. އަތޮޅަކީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމަށްގުޅިގެން މަސައްކަތްކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

އުރީދޫން ސްޕޮންސަރކޮށްފައިވާ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް ދެ ޒުވާނަކު ހިމެނޭއިރު މި މުބާރާތުގައި 14 ޓީމަކުން ބައިވެރިވެއެވެ. މިއީ މިމުބާރާތް ބާއްވާ 3 ވަނަ އަހަރެވެ.

ޙަބަރު ޕޮލިސް

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު