އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ މުސާރަ 35 އިންސައްތަ ބޮޑުކޮށްފި

ފުލުހުންގެ މުސާރަ 35 އިންސައްތަ ބޮޑުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ފުލުހުންގެ މުސާރަ މި މަހުންގެ ފެށިގެން 35 އިންސައްތައަށް ސަރުކާރުން ބޮޑުކޮށްފިއެވެ.

ސަރުކާރުން ކުރިން އިއުލާންކޮށްފައިވާ ގޮތަށް ފުލުހުންގެ ޚިދުމަތުގެ މުސާރަ މިމަހުން ފެށިގެން %35 ސަރުކާރުން ބޮޑުކޮށްދެއްވާފައިވާއިރު، އައު މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސްއެވެ.

ފުލުހުންގެ ޕޭ ސްޓްރަކްޗަރއަށް ގެނައި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ފުލުހުންގެ އަސާސީ މުސާރަ އަދި ކުރާ މަސައްކަތުގެގޮތުން ކޮންމެ ފުލަހަކަށްވެސް ޚާއްސަ އިނާޔަތެއް ލިބޭނެގޮތް ހެދުމެވެ.

މި ގެނެވުނު ބަދަލާއެކު ފުލުހުންގެ ތެރެއިން އެންމެ މަދުން މުސާރަ ލިބޭ ކޮންސްޓަބަލުން ރޭންކުގެ ފުލުހުންނަށްވެސް މިހާރު މަދުވެގެން 15،500 ރުފިޔާ ލިބޭނެއެވެ. އަދި އެލަވަންސްތަކާއެކު ކޮންމެ މަހަކުވެސް މަދުވެގެން 17،000 ރުފިޔާ ލިބޭނެއެވެ. ކުރިން މި ރޭންކުގެ ފުލުހެއްގެ މުސާރައަކީ 11،810 ރުފިޔާއެވެ. މީގެ އިތުރުން މަގުމަތީގައި ހަރަކާތްތެރިވާ ޕެޓްރޯލްމަނުންނަށް އިތުރު 1،000 ރުފިޔާ އަދި ޝިފްޓް ޑިއުޓީ އަދާކުރާނަމަ އިތުރު 750 ރުފިޔާ ލިބޭނެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިއީ 2009 ގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރަ ބޮޑުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ