އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕް ފ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ނިލަންދޫއަށް

މިނިވަން ޗެމްޕިއަންޝިޕް ފ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ނިލަންދޫއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފ.އަތޮޅު ބުރުގައި ހޯމް އެންޑް އަވޭ މެޗުން ވެސް ފ.މަގޫދޫ ބަލިކޮށް ފ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ފ.ނިލަންދޫއިން ހޯދައިފިއެވެ.

މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ފ.އަތޮޅުން ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ މަގޫދޫއާއި ނިލަންދޫއެވެ. މިނިވަން ޗެމްޕިއަންޝިޕްގައި އަތޮޅަކުން ދެ ޓީމު ބައިވެރިވުމުން ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗެވެ.

މަގޫދޫގައި ކުޅުނު ފުރަތަމަ މެޗުން 0-1 ގެ ނަތީޖާއިން ނިލަންދޫ މޮޅުވެފައިވާއިރު، ނިލަންދޫގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-2 ގެ ނަތީޖާއިން ނިލަންދޫ މޮޅުވެގެންނެވެ. އެހެންވުމުން، ފ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ނިލަންދޫއިން ހޯދީ އެގްރިގޭޓް ނަތީޖާއިން 1-3 އުން މަގޫދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ނިލަންދޫއިން ހޯދުމުން، އެ ޓީމު ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ. ނިލަންދޫ ހިމެނޭ ޒޯން ފަހެއްގައި ދެން ހިމެނެނީ ވ.އަތޮޅުގެ ޗެމްޕިއަނުންނާއި، މ.އަތޮޅުގެ ޗެމްޕިއަނުންނާއި، ދ.އަތޮޅުގެ ޗެމްޕިއަނުންނެވެ. މިނިވަން ޗެމްޕިއަންޝިޕްގައި ވ.އަތޮޅުން ހަމައެކަނި ފުލިދޫ ބައިވެރިވުމުން ފުލިދުއަށް ވަނީ މިހާރު ވެސް ޒޯން ބުރުން ޖާގަ ލިބިފައެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުގައި މިހާތަނަށް ހަތަރު އަތޮޅެއްގެ ކުޅުން ވަނީ ނިންމާލައިފައެވެ. އެއީ ފ.އަތޮޅުގެ އިތުރުން ހއ.އަތޮޅު، ބ.އަތޮޅު، ޅ.އަތޮޅެވެ. ހއ.އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މުރައިދޫއެވެ. ބ.އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ފެހެންދޫއެވެ. ޅ.އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ނައިފަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް