އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް އިންތިޒާރުގައި ހުންނައިރު ދެ އަތްތިލައިގެ އިނގިލިތައް މަހާލައިގެން ހުރުން ރަސޫލާ (ޞޢވ) ވަނީ މަނާކުރައްވާފަ: ޝައިޚް ޢަލީ ޒާހިރު

ނަމާދަށް އިންތިޒާރުގައި ހުންނައިރު ދެ އަތްތިލައިގެ އިނގިލިތައް މަހާލައިގެން ހުރުން ރަސޫލާ (ޞޢވ) ވަނީ މަނާކުރައްވާފަ: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ނަމާދަށް ދާއިރުވެސް އަދި ނަމާދަށް ގޮސް އިންތިޒާރުގައި ހުންނައިރުވެސް ދެ އަތްތިލައިގެ އިނގިލިތައް މަހާލައިގެން ހުރުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ މަނާ ކުރައްވައިފައެވެ.

އެހެނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެފަދަ ކަންކަމަކީ ފޫހިކަމުގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ތިމާގެ ޝައުޤުވެރިކަމެއް ނެތްކަން ނުވަތަ ޝައުޤުވެރިކަން ކުޑަކަން އަންގައިދޭ ކަމެކެވެ.



ނަމާދު ފަދަ މުހިންމު އަޅުކަމަކަށްދާ މަގުމަތީގައި ނަމަވެސް އަދި މިސްކިތަށް ގޮސް ނަމާދަށް އިންތިޒާރުކުރާ ވަގުތުކޮޅުގައި ވެސް އަދި ނަމާދުގެ ތެރޭގައި އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

(މިއީ މިކަމުގެ ޙުކުމް ނުއެނގޭތީ ނަމަވެސް ބައެއް މީހުންނަށް ކުރެވޭ ކަމެކެވެ. އެއް އަތްތިލައިގެ އިނގިލިތައް އަނެއް އަތްތިލައިގެ އިނގިލިތަކުގެ ތެރެއަށް މަހާލައި ދެއަތްތިލައިގެ އިނގިލިތައް ގުޅާލައިގެން ތިބޭތަން މަދުން ނަމަވެސް ފެނެއެވެ. މިއީ ރަސޫލާ (ޞޢވ) މަނާ ކުރައްވަވާފައިވާ ކަމެއްކަން ނުއެނގި ތިބެ ކުރެވޭކަމަކަށް ވެދާނެއެވެ.)

- އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން-

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް