އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދާކުރަންޖެހޭ ޒިންމާއަކީވެސް ދަރަންޏެއް - ދަރަނި އަދާކުރަންދެން ފުރާނަ އޮންނާނީ އެލުވިފަ: ޝައިޚް ޢަލީ ޒާހިރު

އަދާކުރަންޖެހޭ ޒިންމާއަކީވެސް ދަރަންޏެއް - ދަރަނި އަދާކުރަންދެން ފުރާނަ އޮންނާނީ އެލުވިފަ: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ދަރަނި އަދާކުރުމަކީ މީސްތަކުން ކޮންމެހެން ކުރަންޖެހޭ ވަރަށް މިހުންމު ކަމެކެވެ. ދަރަނީގެ ތެރޭގައި މީސްތަކުންނަށް އަދާކުރަންޖެހޭ އެންމެހައި ހައްޤުތަކެއް ހިމެނެއެވެ. މީސްމީހުންނަށް ދޭންޖެހޭ ތަކެއްޗާއި ހަވާލުވެފައިވާ ކަމެއްގެ ގޮތުން އަދާކުރަންޖެހޭ ޒިންމާ ވެސް ހިމެނެއެވެ.

އެކަން އެނގިގެންދާ އެއް ކަމަކީ މުސްލިމަކު މަރުވުމުން އޭނާއަކީ ސުވަރުގެ ވެދެވޭނެ އަޅުން ނަމަވެސް އޭނާގެ ދަރަނި އަދާކުރަންދެން އޭނާގެ ފުރާނަ ވަނީ ހުއްޓުވިފައި ނުވަތަ އެލުވިގެންކަން ހާމަވާ ޞަޙީޙް ޙަދީޘްފުޅުތައް ހުރުމުންނެވެ.

ހަމައެއާއިއެކު މާތް ﷲ އެންމެ މާތް ދަރަޖަ ދެއްވާފައިވާ ޝަހީދުންގެ އޮހޮރޭ ފުރަތަމަ ލޭތިއްކާއިއެކު މާތް ﷲ އޭނާގެ ހުރިހާ ފާތަކެއް ފުއްސަވައެވެ. ނަމަވެސް ދަރަނި މެނުވީއެވެ. ދަރަންޏެއް ނުފުއްސަވައެވެ.

ދަރަންޏެއް އޮތް ޞަހާބީއަކު އަވަހާރަވުމުން އޭނާގެ ކަށުނަމާދު ކޮށްދެއްވަވަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދެކޮޅު ހެއްދެވިއެވެ. ކަށުނަމާދު ކޮށްދެއްވެވީ އެހެން ޞަހާބީއަކު އޭނާގެ ދަރަންޏާއި ޙަވާލުވެވަޑައިގަތުމުންނެވެ.

އެއީ ވަރަށް ތަދު ދުވަސް ކޮޅަކަށްވާތީ އެ ޞަހާބީގެ ދަރަންޏާއި ރަސޫލާ (ޞޢވ) ހަވާލުވެވަޑައި ނުގެން އެގޮތަށް ކަންތައް ކުރެއްވެވި ނަމަވެސް ފަހުން އެފަދަ މީހުންގެ ދަރަންޏާއި ޙަވާލުވެވަޑައިގަތީ އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ)އެވެ.

- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްެގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް