އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮލުން އިސްތަށި ފައިބަނީތަ؟ ފަތްޕިލާވެލީގެ އެހީގައި އެކަން ހައްލު ކުރެވިދާނެ!

ބޮލުން އިސްތަށި ފައިބަނީތަ؟ ފަތްޕިލާވެލީގެ އެހީގައި އެކަން ހައްލު ކުރެވިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ބޮލުން އިސްތަށިފޭބުމަކީ އަންހެނުން ވެސް އަދި ފިރިހެނުން ވެސް ބޭނުން ވާނެ ކަމެއް ނޫނެވެ.

މިކަމަކީ ގިނަ މީހުންނަށް އަބަދުވެސް ތަޙައްމަލު ކުރަން ޖެހޭ ކަމަކަށްވީހިނދު، ބޮލުން އިސްތަށި ފޭބުމަކީ ނަފްސާނީ ގޮތުން ވެސް ގިނަ މީހުންނަށް އަސަރު ކުރާ ކަމެކެވެ.

އެމެރިކަން އެކެޑެމީ އޮފް ޑަރމަޓޮލޮޖީ އިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ، އެންމެ ގިނައިން މީހުންގެ ބޮލުން އިސްތަށި ފައިބަނީ އާއިލީ ގޮތުން ވާރުވެގެން ކަމަށެވެ.

މީގެއިތުރުން ބޮލުން އިސްތަށި ފައިބަން ދިމާވާ އެހެން ސަބަބުތަކަކީ ކަންކަމާއި މާބޮޑަށް ވިސްނާ ފިކުރު ކުރުމުންނާއި ލިބޭ ޖިސްމާނީ ގެއްލުމެއްގެ ސަބަބުންނެވެ. މީގެއިތުރުން އައު ބޭހެއް ބޭނުން ކުރުމުންނާއި މާގިނައިން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ބޮލުން އިސްތަށިފައިބަން މެދުވެރިވާ ސަބަބެކެވެ.

ފަތްޕިލާވެލި ބޭނުން ކޮށްގެން ބޮލުން އިސްތަށިފޭބުން ހުއްޓުވިދާނެ ނުވަތަ މަދު ކުރުވިދާނެ ގޮތްތަކެއް ސިއްޙީ މާހިރުން މިހާރު ވަނީ ހޯދާފައެވެ. މިއީ އަގު ބޮޑު، ކެމިކަލް ގިނަ ސާމާނުތައް ބޭނުން ކުރުމަށްވުރެ މާބުއްދިވެރި ކަމެކެވެ.

• އަލޯވެރާ
އަލޯވެރާއަކީ ބޮލުގެ އިސްތަށުގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އަލޯވެރާ ފަތެއް މެދުން ކަފާލުމަށްފަހު އޭގެ އެތެރޭގައި ހުރި ޖެލްތައް ތައްޓަކަށް ނަގާށެވެ. އަދި އެއަށްފަހު އެޖެލްތައް ތަލައިގައާއި އިސްތަށިގަނޑުގައި ރަނގަޅަށް އުނގުޅާލާށެވެ. އެއަށްފަހު އެއްގަޑިއިރު ވަރު ވަންދެން ބެހެއްޓުމަށްފަހު ކެމިކަލް މަދު ޝޭމްޕޫ އަކުން ބޯދޮވެލާށެވެ. ހަފްތާއަކު ދެފަހަރު މިފަދައިން ބޯދޮންނަން ވާނެއެވެ.

• ރޯސްމެރީ
ރޯސްމެރީ ފަތަކީ އާންމުގޮތެއްގައި ކެއްކުމަށް މީހުން ބޭނުން ކުރާ ފަތެކެވެ. ނަމަވެސް މިފަތަކީ ބޮލުގެ އިސްތަށިގަނޑަށްވެސް ވަރަށް ފައިދާ ހުރި ފަތެކެވެ. އެއްމުށަށް ވާވަރުގެ ރޯސްމެރީ ފަތްކޮޅެއް، ދެ ޖޯޑު ހޫނު ފެނުގެ ތެރެއަށް އަޅާލާފައި ކުޑަ އިރުކޮޅަކު ބަހައްޓާލާށެވެ. ރަނގަޅަށް ފަތްކޮޅު މަޑުވުމުން، ފެންތަށިން ރޯޒްމެރީ ފަތްކޮޅު ނަގާށެވެ. އަދި ބާރުދަށް ޝޭމްޕޫއަކުން ބޯދޮވުމަށްފަހު އެފެންފޮދު ބޮލަށް އަޅާލާށެވެ. ހަފްތާއަކު ތިން ފަހަރު މިފަދައިން ކަންތައް ކުރުމުން، އިސްތަށިފޭބުން މަދުވާނެއެވެ.

• ސައިމާ (ހިބިސްކަސް)
ސައިމަކީ ވެސް އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ ރަނގަޅު އެއްޗެކެވެ. އެންމެ ފުރަތަމަ ދެ ޖޯޑު އެކްސްޓްރާ ވަރޖިން ކާށި ތެލުގެ ތެރެ ސައިމަލުގެ 10 ވަރަކަށް ފަތާއި ދެތިން ސައިމާ އަޅާލާފައި، މައުތަކަށް ކަޅު ކުލަ އަރަންދެން ކައްކާލާށެވެ. ދެން ތެޔޮތައް ފުރާނާލުމަށްފަހު ހިހޫ ވަންދެން ބަހައްޓާށެވެ. އެއަށްފަހު ނިދަން އޮށޯތުމުގެ ކުރިން އެތެޔޮފޮދު އިސްތަށިގަނޑުގައި ހާކާލައި ރަނގަޅަށް މަސާޖު ކޮށްލާށެވެ. އަދި ހެނދުނު ގަޑީގައި ބޯދޮވެލާށެވެ. ކޮންމެ ހަފްތާއަކު 2 ނުވަތަ 3 ފަހަރު މިފަދައިން ބޯދޮންނަން ވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ